English Edition
Dhivehi Edition

މާލެ ސަރަަހްދުގައި ކޮވިޑް19 ފެތުރުން ހުއްޓުވުމަށްޓަކައި އަޅަމުންދާ ފިޔަވަޅުތަކުގެ ދަށުން، މިއަދުން ފެށިގެން އަންނަ ބުރާސްފަތިދުވަހާއި ހަމައަށް ފިހާރަތައް ހުޅުވާފައި ބެހެއްޓޭނީ ކޮންމެ ދުވަހެއްގެ ވެސް ފަތިހު 5:00 އިން ހަވީރު 4:00 އަށް ކަމަށް އިކޮނޮމިކް މިނިސްޓްރީން ހަމަޖައްސައިފި އެވެ.

މިއަދު އިކޮނޮމިކް މިނިސްޓްރީން ނެރުނު އިއުލާނުގައި ބުނީ، މުދާ ވިއްކާ ތަންތަން ހުޅުވައިގެން އާންމުންނަށް ހިދުމަތް ދެވޭނީ ފަތިހު 5:00 އިން ހަވީރު 4:00 އަށް ކަމަށެވެ. މި ބަދަލު ގެނަައި ނަމަވެސް ފުލުހުންގެ ހުއްދައާއެކު، ހަވީރު 4:00 ކުން ދަންވަރު 12:00 އާއި ހަމައަށް ޑެލިވަރީގެ ހިދުމަތް ދެވޭނެ ކަމަށެވެ. އަދި ކޮވިޑުން ރައްކާތެރިވާން އެޗްޕީއޭ އިން އެކުލަވައިލާފައިވާ ގައިޑްލައިންތަކަށް ހުރިހާ ފަރާތްތަކުންވެސް އަމަލު ކުރުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ.

Advt

Advertisement

މާލެ ސަރަހައްދުގައި ކޮވިޑް19 އަށް ގިނަ ބަޔަކު ޕޮޒިޓިވްވަމުން އަންނައިރު، ބަލި ކޮންޓްރޯލުކުރުމަށް އެޗްޕީއޭ އިން ވަނީ ރައްކާތެރިކަމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. މި ގޮތުން މާލެ ސަރަހައްދުގައި ހަވީރު 4ކުން ފެށިގެން ފަތިހު ހަތަރަކަށް ކާފިއު ވަނީ އިއުލާންކޮށްފައެވެ.