English Edition
Dhivehi Edition

ގެމަނަފުށިން ރެންޑަމްކޮށް ނެގުނު ސާމްޕަލެއް ކޮވިޑަށް ޕޮސިޓިވްވުމާ ގުޅިގެން މިހާރު ރަށް މޮނިޓަރިން ހާލަތަށް ގެނެސްފައިވާކަމަށް ގެމަނަފުށީ ކައުންސިލް އިދާރާއިން ހާމަކޮށްފިއެވެ.

އާންމުންގެ ތެރެއިން ކަރަންޓީންގައި ނެތް ފަރާތެއް ކޮވިޑަށް ޕޮސިޓިވްވުމާއި ގުޅިގެން މިހާރު ރަށް މޮނިޓަރިންގެ ހާލަތަށް ވަނީ ގެނެސްފައެވެ. ޕޮސިޓިވް ކޭސް އާއި ގުޅިގެން ބާރު މިނެއްގައި ކޮންޓެކްޓް ޓްރޭސިންގ ހަދަމުންދާކަމަށާއި، ރަށުގައި ރައްކާތެރި ކަމުގެ އިތުރު ފިޔަވަޅުތަކެއް އެޅުމަށް ޓާސްކް ފޯސްއިން ދަނީ މަޝްވަރާތަށް ކުރަމުންނެވެ. ދެކުނުގެ ގިނަ އަދަދެއްގެ ރަށްރަށުގައި ކޮވިޑް ކޭސްތަށް ފެންމަތިވަމުންދާ މިދަނޑިވަޅުގައި، ރަށުގެ ހާލަތު ދެނެގަތުމަށް ރެންޑަމް ސާމްޕަލްތަކެއް ނަގަމުން ދިޔަކަމަށާއި، ޕޮސިޓިވް ވެފައިވަނީ މިގޮތަށް ނެގުނު ރެންޑަމް ސާމްޕަލެއް ކަމަށް ގެމަނަފުށީ ސިއްޙީ މަރުކަޒުން ވަނީ މައުލޫމާތު ދެއްވާފައެވެ.

ހުރިހާ ރައްޔިތުންވެސް މިކަމުގައި ފަރުދީ ޒިންމާ އަދާކުރުމަށާއި، ކޮންޓެކްޓް ޓްރޭސިންގ ނިމެންދެން ގޭގައި މަޑުކޮށް ދެއްވައި، ޒަރޫރީ ބޭނުމެއްގައި މެނުވީ ގެއިން ބޭރަށް ނިކުމެ ވަޑައި ނުގެންނެވުމަށް ކައުންސިލް އިދާރާއިން ވަނީ ރައްޔިތުންނަށް އިލްތިމާސް ކޮށްފައެވެ.

ހުވަދު އަތޮޅަށް ބަލާލާއިރު މިހާރު ގިނަ އަދަދެއްގެ ރަށްރަށުގައި އެކްޓިވް ކޭސްތަށް ދުވަހުން ދުވަހަށް ހަލުވިކަމާއިއެކު އިތުރުވަމުންދާކަން ފާހަގަކޮށްލަން ޖެހެއެވެ.