English Edition
Dhivehi Edition

ވިލިނިގިލިން އިއްޔެ ކޮވިޑަށް ޕޮޒިޓިވްވި މީހަކު ކަރަންޓީން އުސޫލުތަކާއި ޚިލާފުވުމުން 10000ރ އިން ޖޫރިމަނާ ކޮށްފިއެވެ.

ކަރަންޓީން އުސޫލުތަކާއި ޚިލާފުވެ ވިލިނގިލިން އިއްޔެ ޕޮޒިޓިވްވި މީހާ ޖޫރިމަނާ ކޮށްފައިވާ ކަން ހާމަކޮށް ވިލިނގިލި ކައުންސިލް ރައީސް މުސްތަފާ އަޙްމަދު އޭއޯ ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ވިލިނގިލީގައި އެފަދަ ކަމެއް ހިނގައިގެން އުޅޭކަމަށާއި އެޗްޕީއޭގެ ގަވާއިދާއި އެއްގޮތަށް 10000ރ އިން ޖޭރިމަނަކޮށްފައިވާނެ ކަމަށެވެ.

Advt

Advertisement

މި ގޮތުން ޕޮޒިޓިވްވި މީހާ އަކީ ހޯމް ކަރަންޓީން އުސޫކުތަކާއި ޚިލާފުވެ އެ ރަށުގެ ގިނަ ޒުވާނުންނާއި ބައްދަލުވެ ކޮންޓެކްޓްވެފައިވާ މީހެއްކަން އެއޯ ނިއުސް އަށް ވަނީ ކަށަވަރު ވެފައެވެ.

މި ވަގުތު ގއ ވިލިނގިލީގައި އެކްޓިވް ކޭސްތަކުގެ އަދަދު 3 އަށް އަރާއިރު އެ އަތޮޅު ދާންދޫއިން ޕޮޒިޓިވްވި ކޭސްތަކުގެ އަދަދު 7 އަރައެވެ. ދާންދޫ މިވަގުތު އޮތީ މޮނިޓަރިންގ ޙާލަތުގައެވެ.