English Edition
Dhivehi Edition

ގއ ދާންދޫއިން އިތުރު 4 މީހަކު ކޮވިޑަށް ޕޮޒިޓިވްވެ އެކްޓިވް ކެސްތަކުގެ އަދަދު 7 އަށް އަރައިފިއެވެ.

އޭއޯ ނިއުސްއަށް މައުލޫމާތު ދެއްވަމުން ދާންދޫ ސިއްޙީ މަރުކަޒުގެ އޮފިޝަލަކު ވިދާޅުވީ، މިރޭ އިތުރު 4 މީހަކު ޕޮސިޓިވްވެފައިވާ ކަމަށެވެ. އިއްޔެ ނެގި ސާމްޕަލްއެއްގެ އިތުރުން މިރޭނެގި ސާމްޕަލްތަކުން 3 ސާމްޕަލެއް ޕޮސިޓިވްވެފައިވާ ކަމަށެވެ. އެހެންކަމުން ދާންދޫ މިވަގުތު އެކްޓިވް ކެސްތަކުގެ އަދަދު 7 އަށް އަރައެވެ.

އިތުރަށް މަޢުލޫމާތު ދެމުން އޮފިޝަލް ވިދާޅުވީ، ޕޮޒިޓިވްވި މިހުންގެ ތެރޭގައި ސިއްޙީ މަރުކަޒުގެ މުވައްޒިފެއްގެ އިތުރުން ހޯމް ކަރަންޓީންގައި ހުރި މީހާ ހުރި ގޭގެ ފިހާރައިގައި އުޅޭ ބިދޭސީ އަކުވެސް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

ދާންދޫ މިވަގުތު އޮތީ މޮނިޓަރިން ޙާލަތުގައެވެ.