English Edition
Dhivehi Edition
ގދ. ތިނަދޫ ޓަފަރަ މާރޓްގެ މުވައްޒަފުން ކަސްޓަމަރުން ކޮންޓްރޯލްކުރުމުގައި - ފޮޓޯ އޭ.އޯ ނިއުސް

އިއްޔެގެ ހަވީރު ހަޔަކުން މިއަދުގެ ހަވީރު ހަޔަކަށް އިތުރު 844 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

އެޗްޕީއޭގެ ހިސާބުތަކަށް ބަލާއިރު، ދިހަ ދުވަހުގެ ތެރޭގައި ނެގި ސާމްޕަލްތަކުން 1572 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. މި ގޮތުން ފާއިތުވި 10 ދުވަހުގެ ތެރޭގައި މާލެ ސަރަހައްދުން 1،315 މީހަކު ޕޮޒިޓިވްވެފައިވާއިރު އަތޮޅުތަކުން 242 މީހަކު އަދި ރިސޯޓުތަކުން 15 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

މިހާރު ކޮވިޑަށް ފަރުވާ ހޯދަމުންދާ މީހުންގެ ޖުމްލަ 12،873 އަށް އަރައިފައިވާއިރު މިވަގުތު 263 މީހަކަށް ފަރުވާދެމުން ދަނީ ހޮސްޕިޓަލްތަކުގައެވެ.