English Edition
Dhivehi Edition

ގދ.ތިނަދޫގައި މޮނިޓަރިންގް ހާލަތުގައި ކައުންސިލުން އަޅާފައިވާ ފިޔަވަޅު ތަކުގެ އިތުރުން އެޗް ޕީ އޭ އިން ފިޔަވަޅުތައް ވަރުގަދަ ކޮށްފިއެވެ.

މިހާރު ކައުންސިލުން އަޅާފައިވާ ފިޔަވަޅުގެ އިތުރުން އެޗް ޕީ އޭ އިން މިވަނީ 13 މޭ 2021 ވަނަ ދުވަހުން ފެށިގެން ރޭގަނޑު 9:00 އިން ފެށިގެން ފަތިހު 4:00 އަށް އެއްގަމު އުޅަދު ފަހަރު ދުއްވުން މަނާ ކުރުމާއި އެކު މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުމެ އުޅުން މަނާ ކޮށްފައެވެ.

ތިނަދޫގައި ފިޔަވަޅުތައް ވަރުގަދަ ކުރުމަށް އެޗް ޕީ އޭ އިން އަޅަން ޖެހޭ ފިޔަވަޅުތައް އިއުލާން ކުރިއިރު އަޅަން އަންގާފައިވާ ފިޔަވަޅުތަކަކީ މިހާރުވެސް ތިނަދޫގައި،ތިނަދޫ އީ އޯ ސީން އަޅާފައިވާ ފިޔަވަޅު ތަކެކެވެ. އޭގެތެރޭގައި

*ފިނިބުރު ޖެހުން މަނާކުރުމާއި އެކު 3 މީހުންނަށް ވުރެ ގިނަމީހުން އެއްފަހަރާ އެއްތަކަނަށް އެއްވެއުޅުން މަނާކުރުން.

*ފިހާރަތަކުން ޑެލިވަރީގެ ހިދުމަތް ދިނުމާއި ، ފިހާރަތަކުގެ ތެރެއަށް ކަސްޓަމަރުން ނުވަދެ ހިދުމަތް ލިބިދެވޭ ގޮތަށް އިންތިޒާމްކުރުމާއި ނަގުދު ފައިސާ ބޭނުން ނުކޮށް ފައިސާ ޓްރާންސްފަރ ކުރެވޭ ގޮތް ހެދުން

*ސައިހޮޓާ އަދި ރެސްޓޯރެންޓުތަކުން އާންމު ހިދުމަތްދިނުން ހުއްޓާލައި ، ރައްކާތެރިކަމާއި އެކު ޑެލިވަރީކުރުމުގެ ހިދުމަތް ދިނުން

*ކަސްރަތު ކްލާސް ތަކާއި ޖިމް އަދި ހުރިހާ ކުޅިވަރު ކޯޓްތަކާއި ކުޑަކުދިން ޕާކް އަދި މިޔުޒިއަމް ޕާކް ބަންދުކުރުން

*ބިއުޓީ ސްެލޫން އަދި ބޯކޮށާ ތަންތަން ބަންދުކުރުން

*ޔުނިވާރސިޓީތަކާއި ކޮލެޖް ތަކަށް އަދި ސްކޫލަށް ދަރިވަރުން ހާޒިރު ކޮށްގެން ކިޔަވައިދިނުން ހުއްޓާލައި އޮންލައިންކޮށް ކުރިޔަށް ގެންދިޔުން

އިތުރަށް އެޗް ޕީ އޭ އިން އަޅާފައިވާ ފިޔަވަޅު ތެރޭގައި އެއްގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުމާއި ޕާޓީ ތަކާއި، ހަފްލާތަކާއި، ރަސްމިއްޔާތުތައް ހުއްޓަން އަންގާފައިވެއެވެ. އަދި ޓެކްސީ ހިދުމަތް ދޭ ފަރާތްތަކުން އެޗް ޕީ އޭ އިން އާންމުކޮށް ފައިވާ ގައިޑްލައިން އާއި އެއްގޮތަށް ޓެކްސީގެ ހިދުމަތް ދިނުން ހިމެނެއެވެ.

ތިނަދޫގައި ފިޔަވަޅުތައް ވަރުގަދަ ކުރުމަށް އެޗް ޕީ އޭ އިން އަޅަން ޖެހޭ ފިޔަވަޅުގައި ރޭގަނޑު 9:00 އިން ފެށިގެން ފަތިހު 4:00 އަށް އެއްގަމު އުޅަދު ފަހަރު ދުއްވުން މަނާ ކުރުމާއި އެކު މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުމެ އުޅުން މަނާ ކޮށްފައިވާ ފިޔަވަޅު

*ސިފައިންނާއި ފުލުހުން

*ސިއްޙީ ހިދުމަތް ދޭ އިދާރައިގެ މުއައްޒަފުންނާއި، އެ މުއައްޒަފުން ދުއްވާ އުނޅަދު

*އެމްބިއުލެންސް

*ގދ.ތިނަދޫ ޓާސްކް ފޯސް ފާސް ލިބިފައިވާ ފަރާތްތައް

އެމެޖެންސީ ކޮށް ސިއްހީ ހިދުމަތް ދޭން ޖެހޭ ފަރާތްތަށް އިސްތިސްނާ ވާނެ ކަމަށް އެޗް ޕީ އޭ އިން ބުނެފައި ވެއެވެ.

ތިނަދޫގައި ފިޔަވަޅުތައް ވަރުގަދަ ކުރިއިރު ތިނަދޫގައި އެކްޓިވް ކޭސްގެ އަދަދު މިވަނީ 68 އަށް އަރާފައެވެ.