English Edition
Dhivehi Edition

ގއ ދާންދޫގައި ކަރަންޓީންގައި ނެތް ދެ މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، އެރަށް މޮނިޓަރިން ހާލަތަށް ގެނެސްފިއެވެ.

ދާންދޫ އާންމުގެ ތެރެއިން ކަރަންޓީންގައި ނެތް ދެ މީހަކު ޕޮޒިޓި ވެފައިވާކަން ދާންދޫ ސިއްޙީ މަރުކަޒުން ކަށަވަރުކޮށްދީފިއެވެ. އަދި ޕޮޒިޓިވްވި 2 މީހުންގެ ތެރެއިން އެކަކީ އެ ރަށު ސިއްހީ މަރުކަޒުގެ މުވައްޒިފެއް ކަމަށާއި މި ވަގުތު ކޮންޓެކްޓް ޓްރެސިން ގެ މަސައްކަތް ކުރިއަށްދާ ކަމަށް އެރަށު ސިއްހީ މަރުކަޒުން މަޢުލޫމާތު ދެއެވެ.

އެރަށް މޮނިޓަރިންގ ޙާލަތަށް ގެނެސްފައިވާކަމަށް ހާމަކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެރަށު ކައުންސިލަށް ފޮނުވި އެންގުމެއްގައި ބުނެފައިވަނީ، އެރަށް މޮނިޓަރިންގ އަށް ލާފައިވަނީ، ކޮވިޑް19 އާ ގުޅިގެން ސިއްޙީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށްކަމަށެވެ.

އެ އެންގުމުގައި ބުނެފައިވަނި، އެރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު އެޗްޕީއޭއިން ވަކި ގޮތެއް އަންގަންދެން ރަށުން ނުފޭބޭނެ ކަމަށެވެ. އަދި ހުއްދަ ނެތި ރަށަށް އެރުން މަނާވާނެ ކަމަށެވެ.

ދާންދޫއިން 2 މިހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު މިގެ 3 ދުވަސްކުރިން އެ ރަށުގެ އިންތިހާބީ ކައުންސިލް ރަޢީސް ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެހެންކަމުން ދާންދޫ އެކްޓިވް ކެސްތަކުގެ އަދަދު 3 ކަށް އަރައެވެ.