English Edition
Dhivehi Edition

ގދ. ތިނަދޫގައި ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި 07 މީހުން ކޮވިޑް-19 އަށް ފައްސި ވެފައިވާކަން ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން ހާމަކޮށްފިއެވެ.

ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން ހާމަކޮށްފައިވާ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 10 ވަނަ ދުވަހުގެ 21:30އިން ފެށިގެން މިއަދުގެ 21:30އާއި ހަމައަށް ތިނަދޫގައި ޖުމްލަ 07 މީހުން ފައްސިވެ، މިވަގުތު ބައްޔަށް ފަރުވާ ހޯދަމުން އަންނަ މީހުންގެ ޖުމްލަ އަދަދު މިވަނީ 68 ގައެވެ. ފައްސިވެފައިވާ މީހުންގެ ބަލި ހާލަތު ރަނގަޅު ކަމަށާއި ގޭގައި ބައިތިއްބައިގެން ފަރުވާދެމުންދާ ކަމަށް ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ.

ފައްސިވެފައިވާ 07 މީހުންގެ ތެރޭގައި ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވެ ސާމްޕަލް ނެގުނު 06 މީހުންގެ އިތުރުން ބައްޔަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރެގެން ސާމްޕަލް ނެގުނު މީހެއް ހިމެނެއެވެ.

މިފަހުން ގދ. ތިނަދޫގައި ކޮވިޑް ބައްޔަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު މިވަނީ 72 އަށް އަރާފައެވެ. އެއީ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވެ ސާމްޕަލް ނެގުނު 32 މީހުން، ބައްޔަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރެގެން ސާމްޕަލް ނެގުނު 16 މީހުން، ރެންޑަމް ސާމްޕްލިންގ ގޮތުގައި ސާމްޕަލް ނެގުނު 15 މީހުން އަދި ހޯމް ކަރަންޓީން ފުރިހަމަކޮށް ސާމްޕަލް ނެގުނު 09 މީހުންނެވެ.

ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން ހާމަކޮށްފައިވާ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ތިނަދޫގައި މިހާތަނަށް ކޮވިޑް-19އަށް ޓެސްޓް ކުރުމަށްޓަކައި މުޅި ޖުމްލަ 1،539 ސާމްޕަލް ނަގާފައިވެއެވެ. ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވުނު 432 މީހުން 195 ގެއެއްގައި ވަނީ ކަރަންޓީން ކުރެވިފައެވެ. މީގެތެރެއިން 62 ގެއަކީ ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި ކަރަންޓީން ކުރެވުނު ގެތަކެވެ.

އެރަށުގައި ކޮވިޑް-19އިން ދިފާޢުވުމަށް ވެކްސިންގެ ދެވަނަ ޑޯޒް ޖެހި މީހުންގެ ޖުމްލަ ޢަދަދު ވަނީ 1،717 އަކަށް އަރާފައެވެ. އަދި ބައްޔަށް ޓެސްޓުކުރުމަށް ފާއިތުވެ ދިޔަ 24 ގަޑިއިރު ތެރޭގައި 40 ސާމްޕަލް ނަގާފައިވެއެވެ.

ގދ. ތިނަދޫގައި ކޮވިޑް-19 އާއި ގުޅިގެން ސިއްހީގޮތުން އިތުރަށް ބަލަން ޖެހޭ ކަންތައްތައް ބެލުމަށް މިދިޔަ މަހުގެ 24 ވަނަ ދުވަހު އެރަށް ވަނީ މޮނިޓަރިންގ އަށް ލީފަހުން ކޮވިޑް-19 އަށް ފަރުވާ ހޯދަމުން އައި 08 މީހުން ވަނީ ބަލިން ރަނގަޅު ވެފައެވެ.

މިވަގުތު ގދ. އަތޮޅުގެ ތިނަދޫގެ އިތުރުން ގައްދޫ، ކޮވިޑް-19 އާއި ގުޅިގެން ސިއްހީގޮތުން އިތުރަށް ބަލަން ޖެހޭ ކަންތައްތައް ބެލުމަށް ވަނީ މޮނިޓަރިންގ އަށް ލާފައެވެ. މީގެ އިތުރުން ގދ. ހޯނޑެއްދޫ އިން 02 މީހުންނާއި މަޑަވެލިން 01 މީހުން ބައްޔަށް ފައްސިވެ ކޮންޓެކްޓް ޓްރޭސިންގ މަސައްކަތް ކުރިއަށް އެބަދެއެވެ.