English Edition
Dhivehi Edition
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ - ފޮޓޯ: އޭއޯ ނިއުސް

އައްޑޫ ސިޓީ ކައުންސިލްގެ “ޓޯލް ފްރީ” ނަންބަރ ތަޢާރަފްކޮށްފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ ކައުންސިލަށް ގުޅުމަށް ބޭނުންވާ ފަރާތްތަކުން، ރަސްމީ ގަޑީގައި ކައުންސިލްގެ ޓޯލް ފްރީ ނަންބަރ، 1447 އަށް ގުޅުމަށް އެދޭ ކަމަށެވެ.

ޓޯލް ފްރީ ނަންބަރުތަކަކީ ފޯނު ކުރާ ފަރާތްތަކަށް އެއްވެސް ޗާޖަކާ ނުލައި ހިލޭ ގުޅޭ ނަންބަރުތަކެވެ. އައްޑޫ ސިޓީ ކައުންސިލުން އަލަށް ތަޢާރަފްކުރި މި “ޝޯޓް ކޯޑް” ނަންބަރުގެ ސަބަބުން ރައްޔިތުންނަށް ކައުންސިލަށް ހިލޭ ގުޅޭނެ ގޮތް ވަނީ މަގުފަހިވެގެންގޮސްފައެވެ.