English Edition
Dhivehi Edition

އައްޑޫ ސިޓީގެ އިންތިޚާބީ ކައުންސިލަރުންގެ އޮރިއެންޓޭޝަން ޕްރޮގްރާމް ފަށައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ކުރި ޓްވީޓެއްގައި ބުނެފައިވާ ގޮތުން މި އޮރިއެންޓޭޝަން ޕްެރޮގްރާމަކީ، އައްޑޫ ސިޓީ ކައުންސިލަށް އަލަށް އިންތިޚާބުވެވަޑައިގެންނެވި ކައުންސިލަރުން، ކައުންސިލްގެ މަސައްކަތްތަކަށް އަހުލުވެރިކުރުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. އެގޮތުން މި ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ހަމަޖެހިފައި ވަނީ މި ހަފުތާގެ ހޯމަ އަދި އަންގާރަ ދުވަހުއެވެ.

އައްޑޫގެ އިންތިޚާބީ ކައުންސިލަރުންނަށް މަޢުލޫމާތުދިނުމުގެ މި ޚާއްޞަ ޕްރޮގްރާމް ފަށާފައިވާއިރު، އައްޑޫ ސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ ކައުންސިލަރުން ހުވާކުރެއްވުމަށް ހަމަޖެހިފައި ވަނީ 17 މެއި 2021 ވާ ހޯމަ ދުވަހުއެވެ.