English Edition
Dhivehi Edition

2019 ވަނަ އަހަރު ފަހު ކޮޅު ޗައިނާގެ ވުހާން ސިޓީން ފެނުނު ކޮރޯނާ ވައިރަސް މުޅި ދުނިޔެއަށް ފެތުރިގެން ދިޔައީ ހީވެސް ނުކުރާހާ ހަލުވިކަމާއެކުގައެވެ. ކުއްލިއަކަށް ދިމާވި މި ބަލި މަޑުކަމާއެކު ގިނަ ބަޔަކު ބައްޔަށް ޕޮޒިޓިވްވެ، މަރުވަމުން ދިޔައިރު މިއީ އެއްވެސް ފަރުވާއެއް ނެތް ބައްޔެކެވެ،

އަހަރެމެންގެ މި ކުޑަކުޑަ ދިވެހިރާއްޖެއަށްވެސް، މުޅި ދުނިޔެއަށް ފެތުރިފައިވާ ބައްޔެއް އަންނާނެކަމަށާއި އެކަމާއި ބިރުން ނޫޅުމަށް ސިޔާސީ ފަރާތްތަކުން ބުނަމުން ދިޔަ ނަމަވެސް ރައްޔިތުން ތިބީ ބޮޑު ހާސްކަމެއްގެ ތެރޭގައެވެ. ރާއްޖޭގެ ބޯޑަރު ބަންދުކޮށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ރައްޔިތުން ގޮވަމުން ދިޔައިރު ރާއްޖެ ކާޑަށް ޖެހިދާނެކަމުގެ ބިރުވެސް އޭރު ވަރަށް ބޮޑެވެ. ރާއްޖެއިން މި ބައްޔަށް އެއްވެސް ބަޔަކު ޕޮޒިޓިވް ނުވަނީސް ރާއްޔިތުންގެ މަޖިލީހުންވެސް މި ކަންބޮޑުވުންތަކާއެކު ކުއްލި ޖަލްސާއެއް ބޭއްވިއެވެ.

ކޮރޯނާ ވައިރަސްއާ ގުޅިގެން ރާއްޖެ ކާޑަށް ޖެހިދާނެތީ އެކަމަށް ތައްޔާރުވުމުގެ ގޮތުން 04 މާރިޗް 2020 ވަނަ ދުވަހު ބޭއްވި ޖަލްސާގައި މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވީ ކޮވިޑް-19 ރާއްޖެ ނާންނާނެ ކަމަށް ދެއްކުމަކީ ވަރަށް އުދަނގޫ ކަމެއް ކަމަށެވެ. ރާއްޖެއަކީ ވެސް ދުނިޔޭގެ ތެރޭގައި އޮތް ގައުމެއް ކަމަށާއި ދުނިޔެއަށް ފެތުރިފައިވާ ބައްޔެއް ނަމަ އެ ބަލި ރާއްޖެއަށްވެސް އަންނާނެ ކަމަށާއި އަދި އެކަމާއި ބިރުން ކާބޯތަކެތި އެއްކުރުމަކީ ޒިންމާދާރު ކަމެއް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށް ނަޝީދު ވިދާޅުވިއެވެ. މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ ކޮވިޑް-19 ރާއްޖެއަށް އައި ކަމަށްވީ ނަމަވެސް އެފަދަ ރޯގާއަކަށް ރާއްޖޭގެ ސިއްހީ ނިޒާމު އޮތީ ފަރިތަވެފައި ކަމަށެވެ. ރައީސް ނަޝީދުގެ މި ވާހަކަތަކާއި ގުޅިގެން އެ މަނިކުފާނަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވެގެން ދިޔައިރު ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން މަސަައްކަތް ކުރަނީ މި ބައްޔާ ގުޅިގެން ސީރިއަސް ވާން ޖެހޭ ކަމެއް ނެތް ކަމަށް ދައްކަން ކަަމަށް ގިނަ ބަޔަކުވަނީ ތުހުމަތުކޮށްފައެވެ

ރާއްޖެއިން، 27 މާރިޗް 2020 ވަނަ ދުވަހު އެންމެ ފުރަތަމަ ދިވެއްސަކު ބައްޔަށް ޕޮޒިޓިވްވުމާއެކު ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް ބައްޔަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅިއެވެ. ރާއްޖޭގެ ގިނަ ބަޔަކު ކަމާއި ބެހޭ އިދާރާތަކުން ދެމުން ގެންދިޔަ އިރުޝާދުތަކަށް އަމަލުކުރަމުން ދިޔަ އިރު އަތޮޅުތަކުގެ ރައްޔިތުންވެސް. ސަރުކާރުން ކޮންމެ ރެއަކު ބާއްވަމުން ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުންތައް ބަލުމުން ދިޔައީ މިކަމުގެ ސީރިއަސްކަން ރައްޔިތުންނަށް އިހުސާސްކުރެވޭތީތާއެވެ.

ކޮވިޑް19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ރާއްޖޭގައި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާކޮށް، މުޅި ރާއްޖެ ލޮކްޑައުންކުރިއެވެ މާލޭގެ ހާލަތު ގޯސްވުމާއެކު ސިއްހީ ވަސީލަތްތައް މަދު އަތޮޅުތެރެއިން ހާއްސަ ފިޔަވަޅުތަކެއް އެޅިއެވެ، މާލެއިން ގެންނަ މުދާ ޑިސް އިންފެކްޓުކުރުމާއި، ކަރަންޓީން އުސޫލުތަކަށް ފުރިހަމައަށް ތަބާވެ ބޯލެބުމާއި އެކު ތިމާގެ ފަރާތުން މުޖްތަމައުއަށް ބަލިނުފެތުރޭނެ ހުރިހާ މަގެއް ބަންދުކުރުމަށް މަސައްކަތްކުރިއެވެ. ރާއްޖޭގައި އެޅި ހަރުކަށި ގިނަ ފިޔަވަޅުތަކާއެކު އަތޮޅުތެރޭގައި ބަލިފެތުރުން ކޮންޓްރޯލް ވެގެން ދިޔައެވެ.

އަބަދު ލޮކްޑައުންކޮށް ހަރުކަށި ފިޔަވަޅުތަކާއެކު ނޫޅެވޭނެކަމަށާއި ނިއު ނޯމަލް އަށް އެންމެން ތައްޔާރުވުމަށް ކަމާއި ބެހޭ އިދާރާތަކުން އިލްތިމާޒުކުރަން ފެށުމާއެކު ގިނަ ދިވެހިންނަށް ހީވެގެން ދިޔައީ މީ އެއްވެސް ބޮޑުކަމެއް ނޫންކަމަށެވެ، ކޮވިޑް19 އާއި ގުޅިގެން އަޅާފައިވާ ގިނަ ފިޔަވަޅުތަކަށް މަޑުމަޑުން ލުއިދޭން ފެށުމާއެކު ގިނަ ބަޔަކު ބައްޔަށް ހޭނިއްޖެއެވެ. ކުރިން ރައްކާތެރިކަމުގެ ގޮތުން އެޅި ފިޔަވަޅުތައް ދޫކޮށްލުމަށްފަހު ދިވެހިންގެ އާންމު ދިރިއުޅުމުގެ ވައްޓަފާޅީއަށް ބަދަލުވެގެން ދިޔައެވެ. އިދިކޮޅު ފަރާތްތަކުން ހުއްޓާލުމެއް ނެތި ކުރަމުން ދިޔަ މުޒާހަރާތަކާއި ހާއްސަ ހުއްދައިގެ ދަށުން ކަރަންޓީންވުމެއް ނެތި ދަތުރުކުރަމުން ދިޔަ ފަރާތްތަކުގެ ސަބަބުން ބަލީގެ ސީރިއަސްކަން ކެޑި އެކަމަށް ހޭނިއްޖެއެވެ. އެއްބަޔަކު ފަރުދީ ޒިންމާ އަދާކުރުމުގެ ބޭނުމެއް ނެތްކަމަށް ބުނެ އުސޫލުތަކާއި ހިލާފުވާން ފަށައިފިއެވެ. ދިވެހިންގެ އާންމު އުސޫލާއި އެއްގޮތަށް މަޑުމަޑުން އެކަމަށް ފަރިތަވެ ބިރު ކެޑިއްޖެއެވެ

ކޮންމެއަކަސް ކަމާއި ބެހޭ އިދާރާތަކަށް އައި ‘ޕްރެޝަރާއި’ އެކު ކޮވިޑް19 އަށް މާބޮޑު ސަމާލުކަމެއް ނުދެވި ‘ސިޔާސީ’ ނިންމުންތަކެއް ނިންމުމުގެ ނަތީޖާ މި ވަނީ ފެނިގެން ގޮސްފައެވެ. މާލޭގެ އިތުރުން އަތޮޅުތެރެއަށްވެސް ބަލީގެ ނުރައްކާ އިންތިހާއަށް ބޮޑުވެގެން ދިޔައިރު އަދިވެސް އެކަށީގެންވާ ހަރުކަށި ފިޔަވަޅުތައް އެޅުމުގެ ބަދަލުގައި ‘ފަރުދީ ޒިންމާ’ އަދާކުރުމަށް އިލްތިމާޒުކުރަމުން ދަނީއެވެ. ހަގީގަތުގައި ގިނަ ދިވެހިން ފަރުދީ ޒިންމާ އަދާކުރިއެވެ. އެހެންނަމަވެސް ކަންތައްތައް މިހާ ހިސާބަށް ދިޔައީ ކަމާއި ބެހޭ އިދާރާތަކަށްވެސް ހެދުނު ބޮޑެތި ގޯސްތަކުގެ ސަބަބުންކަން ޔަގީނެވެ، ސިޔާސީ ބޭނުމަށް ވާނެ އެއްޗެއް ވާން ދޫކޮށްލުމުގެ ނަތީޖާ ވަރަށް ހިތިކަން ޔަގީނެވެ. މިއީ އެންމެން ގުޅިގެން ފިޔަވަޅުތައް ހަރުދަނާކުރަންވީ ވަގުތެވެ.

ރާއްޖެއިން ކޮވިޑް އެންމެ ފުރަތަމަ ފެނުނު ދުވަހުވަސްވަރު އަމަލު ކުރި ގޮތަށް ރައްޔިތުންގެ އަމަލުތައް ބައްޓަންކުރަން ވެއްޖެއެވެ. އާ އަޒުމާކާއެކު މިކަމުން ސަލާމަތްވުމަށް ‘ފަރުދީ ޒިންމާ’ އަދާކުރަންވީ އެވެ.ކަމާއި ބެހޭ އިދާރާތަކުންވެސް ‘ދޯހަޅި’ ނިންމުންތައް ނިންމުމުގެ ބަދަލުގައި ‘ހަރުދަނާ، ޒިންމާދާރު’ ނިންމުންތަކެއް ނިންމަންވެއްޖެއެވެ.