English Edition
Dhivehi Edition

ރާއްޖެ އިން އިތުރު 1204 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެ ރާއްޖޭގެ ހާލަތު ހީކުރި ވަރަށްވުރެ ގޯސްވެއްޖެއެވެ.

މިއަދު އެޗްޕީއޭގެ ތަފާތު ހިސާބުތަކަށް ބަލާއިރު ފާއިތުވި 24 ގަޑިއިރުގެ ތެރޭ މާލެއިން 961 މީހަކު ޕޮޒިޓިވްވެފައިވާއިރު އަތޮޅުތަކުން 235 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. މީގެ އިތުރުން ރިސޯޓުތަކުން އަށް މީހަކު ޕޮޒިޓިވްވެފައިވާއިރު ކޮވިޑް ޖެހިގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު ވަނީ 10،376 އަށް އަރާފައެވެ.

އޭގެތެރެއިން 244 މީހުންނަށް ފަރުވާދެނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ.

ކޮވިޑް 19 އަށް މިހާތަނަށް ޖުމްލަ 37،019 މީހަން ރާއްޖެއިން ޕޮޒިޓިވެފައިވާއިރު ބަލީގައި 87 މީހަކު ވަނީ މަރުވެފައެވެ.