English Edition
Dhivehi Edition

ރައީސް އިބްރާހިމް މުހައްމަދު ސޯލިޙުގެ މަންމާފުޅު މޫމިނާ ހަސަންފުޅު ކޮވިޑް -19 އަށް ޕޮޒިޓިވްވެ ފަރުވާ ދޭން ފަށައިފި އެވެ.

ރައީސްގެ މަންމާފުޅު ރޯގާގެ އާލާސްކަން ފުޅުގައި އުޅުއްވާތާ ދެތިން ދުވަސް ވެފައިވާއިރު، ކޮވިޑް19 އަށް ޓެސްޓުކުރިއިރު ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.

އަދި ރައީސް ސޯލިހުގެ މަންމާފުޅު ފަރުވާ ދިނުމަށްޓަކާ އިއްޔެއިން ފެށިގެން އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދަނީ ދަރުމަވަންތައް ހޮސްޕިޓަލްގެ 11 ވަނަ ފަންގި ފިލާގައި ކަމަށްވެސް މަޢުލޫމާތު ލިބިފައި ވެއެވެ.

ރައީސް ސޯލިހުގެ މަންމާފުޅުގެ އުމުރު ފުޅަކީ 81 އަހަރެވެ.
ފައިތުވެދިޔަ އެޕްރިލް މަހުގައި، ރައީސް ސޯލިހުގެ އަނބި ކަނބަލުން ފަޒްނާވެސް ވަނީ ކޯވިޑް19އަަށް ޕޮޒިޓިވް ވެފައެވެ. ނަމަވެސް އެކަމަނާ ވަނީ ބަލިން މުޅިން ރަގަޅު ވެފައެވެ.