English Edition
Dhivehi Edition
ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ސާމްޕަލް ނަގަނީ - ފޮޓޯ: ޕީއެސްއެމް

ފާއިތުވި ސައުވީސް ގަޑިއިރު ތެރޭ 590 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން ހުކުރުދުވަހު 6:00 އިން ހޮނިހިރުދުވަހު 6:00 މާލެ ސިޓީން 439 މީހަކު ޕޮޒިޓިވް ވެފައިވާއިރު އަތޮޅު ތެރެއިން 141 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ، އަދި ރިސޯޓުތަކުން 9 މީހަކު ޕޮޒިޓިވްވެފައިވާއިރު މީގެ އިތުރުން ސަފާރީއަކުން އެކަކު ޕޮޒިޓިވްވެފައިވެ އެވެ.

ފާއިތުވި ސައުވީސްގަޑިއިރު 4،014 ސާމްޕަލް ނަގާފައިވާއިރު ބަލި ޖެހިފައިވާ 8،640 މީހުން އެބަތިއްބެވެ.

މިހާތަނަށް ކޮވިޑް ބަލީގައި 83 މީހަކު މަރުވެފައިވާއިރު މިއަދު ކޮވިޑަށް ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭ ޖުމްލަ އަދަދު ވަނީ 34،724 އަށް އަރާފައެވެ.