English Edition
Dhivehi Edition

ސ. ހުޅުދޫ އިން ނަގާފައިވާ ރެންޑަމް ސާމްޕަލްތަކުން 2 މީހެއްގެ ސާމްޕަލް ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

ހުޅުދޫ މީދޫ ސިއްހީމަރުކަޒު ހިންގެވުމާއި ހަވާލުވެގެން ހުންނެވި އިބްރާހިމް ދީދީ އޭއޯ ނިއުސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއަދު ކޮވިޑް-19އަށް ޕޮޒިޓިވް ވީ ހުޅުދޫގެ ދެ މީހުންގެ ސާމްޕަލަކީ ރެންޑަމްކޮށް މިމަހު 2 އާއި 3 ވަނަ ދުވަހު ނަގާފައިވާ ސާމްޕަލްކަމަށެވެ.

އިބްރާހިމްދީދީ ވިދާޅުވީ، މިދެ ކޭސްއަކީ ރެންޑަމް ކޭސްއަށް ވުމާއެކީ މިދެމީހުންގެ ކޮންޓެކްޓް ޓްރޭސިންގ މަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ އަދަދު މަތިވުން މިއީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށާއި އެހެންކަމުން މިދަނޑިވަޅުގައި ދެރަށުގެ ހުރިހާ ރައްޔިތުންވެސް މިކަމަށް ސަމާލުވެ އެޗްޕީއޭގެ އެންގުންތަކަށް ފުރިހަމަ އަށް ބޯލެނބުމަކީ މުހިއްމު ކަމެއް ކަމުގައެވެ.

މިއަދުގެ ދެކޭސްއާއެކު މުޅިއެކު ހުޅުދޫ އަދި މީދޫއިން ޕޮޒިޓިވްވީ މީހުންގެ އަދަދު 21އަށް އަރައިފިއެވެ.