English Edition
Dhivehi Edition

ދުނިޔޭގެ އެންމެ ބޮޑު މަހުޖަނު ބިލްގޭޓްސް އާއި މެލިންޑާ ގޭޓްސްގެ ކައިވެނި ރޫޅުނުކަން އިއުލާންކުރީ މިހިނގާ މޭއިިމަހު 3ވަނަ ދުވަހުއެވެ. މިކައިވެނި ރޫޅުނު އަސްލު ސަބަބު ސިއްރެއްގެ ގޮތުގައި ވާއިރު މިހާރު މީޑިއާގައި އާވަހަކައެއް ދައުރުވަމުން އެބަދެއެވެ.

މީޑިއާތަކުން ރިޕޯރޓްކޮށްފައިވާ ގޮތުގައި އުމުރުން 65 އަހަރުގެ ބިލްގޭޓްސް އާއި މިލިންޑާގެ 27 އަހަރުގެ ކައިވެނި ރޫޅިފައިވަނީ ބިލްގޭޓްސްގެ އަލަތު ލޯބިވެރިޔާ އޭން ވިންބްލޭޑްގެ ސަބަބުންނެވެ.

ބިލްގޭޓްސް އަށްވުރެ 5 އަހަރު ދޮށީ އުމުރުން 70 އަހަރުގެ ވޭން އާއި ބިލްގޭޓްސްގެ ލޯބީގެ ގުޅުމަކީ ފެށުނީއްސުރެ މިއަދާ ހަމައަށްވެސް އޮތްގުޅުމެއް ކަމަށް މީޑިއާތަކުން ރިޕޯރޓްކޮށްފައި ވެއެވެ. އެގޮތުން ބިލްގޭޓްސް ހަޔާތުގައި ނަގާ ކޮންމެ ފިޔަވަޅެއް ނަގަނީ އޭންގެ މަޝްވަރާއާއި އެކު ކަމަށާއި، މެލިންޑާއާއި ކައިވެނި ކުރީވެސް އޭންގެ ހުއްދަ ނަގައިގެން ކަމަށް ބުނެއެވެ. އަދި މި ދެލޯބިވެރިން އަބަދުވެސް ފޯނުން ވާހަކަ ދައްކާކަމަށާއި އަހަރަކު އެއްފަހަރު ނަމަވެސް އެކަހެރިކޮށް ބައްދަލުކޮށް ދަތުރު ކުރާކަމަށް ވެއެވެ.

މައުލޫމާތު ލިބޭގޮތޮގައި މިދެ ލޯބިވެރިން ކައިވެންޏާ ހަމައަށް ނުގޮސް ވަކިވެފައިވަނީ ވިން އަވަހަށް ކައވެނި ކުރަން ބޭނުން ވުމުންނާއި ދެމީހުންގެ ދެމެދުގައި އެވަގުތު އެއްކޮށް އުޅެވޭނެ އެހެން ހުރަސްތަކެއް ހުރުމުންނެވެ.

މިހާރު މުރުން 70 އަހަރުވެފައިވާ ވިންބްލޭޑަކީ ޓްކްނޮލޮޖީގެ ދާއިރާގެ ފުންނާބު އުސް ވިޔަފާރިވެރިއެކެވެ. ވިން އާއި ބިލްގޭޓްސްގެ ލޯބީގެ ގުޅުން ކުރިއަށް ދާއިރު ވިންގެ ވެސް ފުރަތަމަ ކައިވެނި ރޫޅި ވަނީ އިތުރު ކައިވެނިތައް ކޮށްފައެވެ.

ބިލްގޭޓްސްގެ ކުރީގެ އަނބިމީހާ މެލިންޑާގެ ވެސް ހުއްދައާއި އެކު މިގުޅުން މިދެމީހުން ހުއްޓާނުލާ ކުރިއަށް ގެންދާއިރު މިހާރު ބިލް އަދި މެލިންޑާގެ ކައިވެނި ރޫޅެން ދިމާވި އަސްލު ސަބަބަކީ މިއީ ކަމަށް އެތައްބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ.

ދުނިޔޭގެ މަހުޖަނު ކައިވެނި ރޫޅާލުމާއެކު ދުނިޔޭގެ އެތައްބަޔަކު ދެން އަވަސްވެގަތީ ބިލްގޭޓްސް ލޯބީގެ ގޮތުން ގުޅޭނީ ކާކާތޯ ބެލުމަށެވެ.

 

1 ކޮމެންޓް
Ibrahim6684
މެއި 8, 2021
Dhuniyeyge emme bodu mahujanakee Amazon ge veriyaa Jeff Bezos