English Edition
Dhivehi Edition

ކޮވިޑް-19 އަށް ހުޅުމާލެ ފެސިލިޓީގައި ފަރުވާދެމުންދިޔަ މީހަކު ނިޔާވެ، ފާއިތުވި 24 ގަޑިއިރު ތެރޭގައި އެ ބަލީގައި ނިޔާވި މީހުންގެ އަދަދު ފަހެކަށް އަރައިފިއެވެ.

މިރޭގެ ވަގުތެއްގައި ނިޔާވެފައިވަނީ އުމުރުން 80 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިއަދަކީ ރާއްޖެއިން ކޮވިޑް19 ފެނުނު ފަހުން، ބައްޔަށް ޕޮޒިޓިވްވެ އެންމެ ގިނަ މީހުން މަރުވި ދުވަހެވެ.

ކޮވިޑް19 ގެ ރާއްޖޭގެ ހާލަތު ގޯސްވެ ގިނަ އަދަދެއްގެ ބަޔަކު ބައްޔަށް ޕޮޒިޓިވްވެފައިވާއިރު ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދިޔަ ކޮލަމާފުށި އުމުރުން 77 އަހަރުގެ އަންހެނަކު ރޭ 3:38 ހާއިރު ވަނީ ވެފަމަރުވެފައެވެވ. މިއަދު މެންދުރު ނައިފަރު ހޮސްޕިޓަލްގައި ކޮވިޑަށް ފަރުވާ ދެމުންދިޔަ އުމުރުން 83 އަހަރުގެ ފިރިހެނަކު މަރުވެފައިވާއިރު އެ ރަށުގައި ފަރުވާ ދެމުން ދިޔަ \ އުމުރުން 97 އަހަރުގެ މީހަކުވަނީ މަރުވެފައެވެ.

މީގެ އިތުރުން އއ.ރަސްދޫއިން އިން ކޮވިޑަށް ޕޮޒިޓިވްވި އިންޑިއާގެ ފަތުރުވެރިއަކަށް ފަރުވާދެމުން ދަނިކޮށް ވަނީ މަރުވެފައެވެ.