English Edition
Dhivehi Edition

އެންވަޔަރަމަންޓް މިނިސްޓްރީ އާއި ޓެކްނޮލޮޖީ މިނިސްޓްރީ އެއްކޮށްލުމަށް ފަހު އެމިނިސްޓްރީގެ ވަޒީރުކަމަށް އައިޝަތު ޝައުނާ އައްޔަން ކުރައްވައިފިއެވެ.

ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި، ޝައުނާ އަށް މަގާމުގެ ފަތްކޮޅު ހަވާލުކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ

މީގެ ކުރިން ޝައުނާ ހުންނެވީ ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ ކަމުގެ މަގާމުގައެވެ. އެއީ ސްޓޭޓް މިނިސްޓަރަކާއި އެއްފެންވަރުގެ މަގާމެކެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް ވިދާޅުވީ ކެބިނެޓަށް މިއަދު ބަދަލުތައް ގެންނެވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވެފައިވާ ވައުދުތައް ފުއްދުމަށާއި ސަރުކާރުން ދެމުން އަންނަ ހިދުމަތްތައް ހަރުދަނާ ކުރުމަށްޓަކައި ކަމަށެވެ.

ސަރުކާރުގެ ހިންގުމުގެ ނިޒާމަށް ގެންނަ ބަދަލުތަކުގެ ތެރެއިން ރައީސް މިއަދު ޓެކްނޮލޮޖީ މިނިސްޓްރީ ވެސް އުވާލައްވައިވާއިރު އެ މިނިސްޓްރީގެ މަސައްކަތްތައް ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ދަށަށް ވަނީ ބަދަލުކުރައްވާއެވެ. މި ބަދަލާއެކު މިހާރު ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ނަމަކީ މިނިސްޓްރީ އޮފް އެންވަޔަރްމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އެވެ.