English Edition
Dhivehi Edition

ގދ. ތިނަދޫގައި މިރޭ ކޮވިޑް-19 އަށް ފައްސިވި މީހުންތަކުގެ ތެރޭގައި ފިހާރަތަކާއި ކެފޭ ރެސްޓޯރަންޓް ފަދަ ތަންތަނުގެ މަސައްކަތްކުރާ މުވައްޒަފުންތަކެއް ވެސް ހިމެނެއެވެ.

މިރޭ 21:30 ގައި ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން އާންމުކުރި ފަހުން ލިބުނު ނަތީއްޖާތަކުގެ ތެރެއިން 07 ސާމްޕަލްގެ ނަތީއްޖާ ފައްސިވެފައިވާއިރު މި 07 މީހުންގެ ތެރޭގައި ތިނަދޫގެ އެކިއެކި މުއައްސަސާތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ އިތުރުން އާއްމުކޮށް ގިނަ ބަޔަކު ވިޔަޔާރިކޮށް ހަދާ ފިހާރަތަކާއި ކެފޭ ރެސްޓޯރަންޓް ފަދަ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް ވެސް ހިމެނެއެވެ.

މި ހަތް ސާމްޕަލަކީވެސް މިމަހުގެ ފުރަތަމަ ދުވަހު ގދ. ތިނަދޫގައި ނެގި ރެންޑަމް ސާމްޕަލްތަކެކެވެ. ކޮވިޑް-19 އަށް ފައްސިވެ އެރަށުގައި ބައްޔަށް ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު 38 އަށް އަރާފައިވާ ކަމަށް ގދ. ތިނަދޫ އީ.އޯ.ސީ އިން ވަނީ އޭ.އޯ ނިއުސް އަށް ކަށަވަރުކޮށްދީފައެވެ.

ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން ހާމަކޮށްފައިވާ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ތިނަދޫގައި މިހާތަނަށް ކޮވިޑް-19އަށް ޓެސްޓް ކުރުމަށްޓަކައި މުޅި ޖުމްލަ 1،061 ސާމްޕަލް ނަގާފައިވެއެވެ. އަދި ކޮވިޑް-19 އިން ދިފާޢުވުމަށް ވެކްސިންގެ ދެވަނަ ޑޯޒް ޖެހި މީހުންގެ ޖުމްލަ ޢަދަދު ވަނީ 1،236 އަކަށް އަރާފައެވެ.

ގދ. ތިނަދޫގައި ކޮވިޑް-19 އާއި ގުޅިގެން ސިއްހީގޮތުން އިތުރަށް ބަލަން ޖެހޭ ކަންތައްތައް ބެލުމަށް މިދިޔަ މަހުގެ 24 ވަނަ ދުވަހު އެރަށް ވަނީ މޮނިޓަރިންގ އަށް ލާފައެވެ.

1 ކޮމެންޓް
munna bai
މެއި 5, 2021
thinadhoo council in bayaku positive nuvey tha