English Edition
Dhivehi Edition

ގދ. ތިނަދޫގައި ގާއިމްކުރެވިފައިވާ އެކިއެކި މުއައްސަސާތަކުގެ މުވައްޒަފުންތަކެއް ކޮވިޑް-19 އަށް ފައްސިވެ ޖުމްލަ އަދަދު 38 އަށް އަރައިފިއެވެ.

މިމަހުގެ ފުރަތަމަ ދުވަހު ގދ. ތިނަދޫގައި ނެގި ރެންޑަމް ސާމްޕަލްތަކުގެ ތެރެއިން 09 ސާމްޕަލްގެ ނަތީއްޖާ ފައްސިވެ އެރަށުގައި ބައްޔަށް ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު 38 އަށް އަރާފައިވާ ކަމަށް ގދ. ތިނަދޫ އީ.އޯ.ސީ އިން ވަނީ އޭ.އޯ ނިއުސް އަށް ކަށަވަރުކޮށްދީފައެވެ.

ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން ހާމަކޮށްފައިވާ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ތިނަދޫގައި މިހާތަނަށް ކޮވިޑް-19އަށް ޓެސްޓް ކުރުމަށްޓަކައި މުޅި ޖުމްލަ 1،061 ސާމްޕަލް ނަގާފައިވެއެވެ. އަދި ކޮވިޑް-19 އިން ދިފާޢުވުމަށް ވެކްސިންގެ ދެވަނަ ޑޯޒް ޖެހި މީހުންގެ ޖުމްލަ ޢަދަދު ވަނީ 1،236 އަކަށް އަރާފައެވެ.

ގދ. ތިނަދޫގައި ކޮވިޑް-19 އާއި ގުޅިގެން ސިއްހީގޮތުން އިތުރަށް ބަލަން ޖެހޭ ކަންތައްތައް ބެލުމަށް މިދިޔަ މަހުގެ 24 ވަނަ ދުވަހު އެރަށް ވަނީ މޮނިޓަރިންގ އަށް ލާފައެވެ.