English Edition
Dhivehi Edition
"ކޯވިޑް-19 ދިފާޢު" ކެމްޕޭން ރަސްމީގޮތުން ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް

ގދ. ތިނަދޫއި ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ މުވައްޒަފެއް ކޮވިޑް-19 އަށް ފައްސިވެ، އެ ހޮސްޕިޓަލުން ދެމުން އަންނަ ވެކްސިން ދިނުމުގެ ޙިދުމަތް މެދުކަނޑާލައިފިއެވެ.

01 މެއި ގައި ގދ. ތިނަދޫގައި ނެގި ރެންޑަމް ސާމްޕަލްތަކުގެ ތެރެއިން އެ ހޮސްޕިޓަލުގައި މަސައްކަތްކުރާ ފިރިހެން މީހެއްގެ ސާމްޕަލްގެ ނަތީއްޖާ ފައްސި ވުމާއި ގުޅިގެން ކޮވިޑް-19 އިން ރައްކާތެރިވުމަށް ދެމުން އަންނަ ވެކްސިންގެ ދެވަނަ ޑޯޒް ދިނުމުގެ ޚިދުމަތް މިހާރު ވަނީ މެދުކަނޑާލާފައެވެ. އެހެންނަމަވެސް އެހެނިހެން ޙިދުމަތްތައް ތިނަދޫ މޮނިޓަރިންގ އަށް ލީފަހުން ދެމުން އައި ގޮތަށް ދެމުން ގެންދާނެއެވެ.

ގދ. ތިނަދޫގައި ކޮވިޑް-19 އާއި ގުޅިގެން ސިއްހީގޮތުން އިތުރަށް ބަލަން ޖެހޭ ކަންތައްތައް ބެލުމަށް މިދިޔަ މަހުގެ 24 ވަނަ ދުވަހު އެރަށް ވަނީ މޮނިޓަރިންގ އަށް ލާފައެވެ.