English Edition
Dhivehi Edition

ގދ. ތިނަދޫއިން އިތުރު މީހެއްގެ ނަތީއްޖާ ފައްސިވެ، ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު 30 އަށް އަރައިފިއެވެ.

01 މެއި ގައި ގދ. ތިނަދޫގައި ނެގި ރެންޑަމް ސާމްޕަލްތަކުގެ ތެރެއިން އެއް ސާމްޕަލްގެ ނަތީއްޖާ ފައްސި ވެފައިވާކަމަށް ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން ވަނީ އޭ.އޯ ނިއުސް އަށް މަޢުލޫމާތު ދީފައެވެ.

މިވަގުތު ގދ. ތިނަދޫގައި ކޮވިޑް-19 އަށް ފަރުވާ ހޯދަމުން އަންނަ 30 މީހުންގެވެސް ހާލު ރަނގަޅު ކަމަށާއި ފަރުވާދެމުން އަންނަނީ ހޯމް އައިސޮލޭޝަންގައި ބައިތިއްބައިގެންކަމަށް ހޮސްޕިޓަލުން ވަނީ ހާމަކޮށްފައެވެ.

ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން ހާމަކޮށްފައިވާ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ތިނަދޫގައި މިހާތަނަށް ކޮވިޑް-19އަށް ޓެސްޓް ކުރުމަށްޓަކައި މުޅި ޖުމްލަ 1،024 ސާމްޕަލް ނަގާފައިވެއެވެ. އަދި ކޮވިޑް-19 އިން ދިފާޢުވުމަށް ވެކްސިންގެ ދެވަނަ ޑޯޒް ޖެހި މީހުންގެ ޖުމްލަ ޢަދަދު ވަނީ 1،144 އަކަށް އަރާފައެވެ.

ގދ. ތިނަދޫގައި ކޮވިޑް-19 އާއި ގުޅިގެން ސިއްހީގޮތުން އިތުރަށް ބަލަން ޖެހޭ ކަންތައްތައް ބެލުމަށް މިދިޔަ މަހުގެ 24 ވަނަ ދުވަހު އެރަށް ވަނީ މޮނިޓަރިންގ އަށް ލާފައެވެ.