English Edition
Dhivehi Edition

މަޑަވެލި ރީކްރިއޭޝަން އެންޑް ސްޕޯޓްސް އާއި ކާއްޑޭ ސްޕޯޓްސް އެކެޑަމީ ގުޅިގެން މިމަހުގެ 27 އިން ފެށިގެން ކުރިޔަށްގެންދިޔަ ރޮނާކަޕް 2021 ފުޓްސަލްމުބާރާތުގެ ޗެމްޕިއަންކަން ވީ ކަންމަތި އެފްސީ ހޯދައިފިއެވެ.
އެފްސީ ލެޖެންޑާއި ވާދަކޮށް ވީކަންމަތި އެފްސީ މި މެޗު ކާމިޔާބުކުރީ 2-1ގެ ނަތީޖާއަކުންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ލަނޑު މެޗުގެ ފުރަތަމަ ހާފުގެ ފަހު މިނުޓުގައި ކާމިޔާބު ކޮށްދިނީ ވީ ކަންމަތީގެ ހުނަރުވެރި ކުޅުންތެރިޔާ އަދި މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ހޮވުނު ޒަމްއަތު މުހައްމަދު ވަހީދުއެވެ.

ދެވަނަ ހާފު ފަށައިގެން ލެޖެންޑުގެ ނާއިފް ޝަފީގްގެ ފަރާތުން ވީކަންމަތި އެފްސީ ގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވިނަމަވެސް ހުރަހަކަށްވީ ވީކަންމަތީގެ އިތުބާރު ގޯލްކީޕަރ އަހްމަދު އާދަމް(ބާރާ)އެވެ. ދެވަނަ ހާފުގެ 8ވަނަ މިނުޓުގައި ވީކަންމަތީގެ ނަސީފްވަނީ ލަނޑެއްޖަހާ ލީޑު ފުޅާކޮށްދީފައެވެ. ނަމަވެސް އޭގެ 3 މިނިޓްފަހުން ވީ ކަންމަތީގެ ޑިފެންސްއަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ ލެޖެންޑްގެ ފަރާތުން ފެނުނު ހަމައެކަނި ލަނޑުޖަހައިދިނީ އަހްމަދު އާސިމްއެވެ. ފައިނަލްމެޗުގެ މޮޅުކުޅުންތެރިޔަކީ ވީކަންމަތި އެފްސީގެ ޖާޒީ ނަންބަރު 10 ޒަމްއަތު މުހައްމަދު ވަހީދުއެވެ.
ފައިނަލް މެޗު ނިމުމުން މުބާރާތުގެ އެކި ވަނަތަކަށް ހޮވުނު ކުޅުންތެރިންނަށާއި އޮފިޝަލުންނަށް ޓްރޮފީއާއި ހަނދާނީލިޔުން ހަވާލުކުރެވިފައިވެއެވެ. އެގޮތުން މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންނަކީ:
1. ޒަމްއަތު މުހައްމަދު ވަހީދު (ވީ ކަންމަތި އެފްސީ)
2. ނަސީފް ހަސަން (ވީ ކަންމަތި އެފްސީ)
3. އަހްމަދު އިބްރާހީމް (ވީ ކަންމަތި އެފްސީ)
4. ހުސައިން އަބްދުﷲ (ވީ ކަންމަތި އެފްސީ)
5. ނާއިފް ޝަފީގް (އެފްސީ ލެޖެންޑް)
މުބާރާތުގެ 16 އަހަރުންދަށުގެ އުންމީދީ ކުޅުންތެރިޔަކީ އެފްސީ ބެންފިކާގެ ޖާޒީ ނަންބަރު 7 ސޮފްވާން އަދްނާންއެވެ. ފެއަރޕްލޭ ޓީމަކީ ގަރާޖް އެފްސީއެވެ. ޗެމްޕިއަން ޓީމަށް ތައްޓާއި މެޑަލް އަދި ފައިސާގެ އިނާމް ހަވާލު ކޮށްދެއްވީ ފައިނަލްމެޗުގެ ޝަރަފްވެރި މެހްމާނު، ކަމަނަ ދޯނީގެ ބާނީ މުހައްމަދު ޝަފީގް / ތެވެލި ގދ މަޑަވެލިއެވެ. “ކަމަނަ” އަކީ މި މުބާރާތުގެ ކޯ ސްޕޮންސަރެއްވެސް މެއެވެ. އަދި ކަމަނަ އާއިލާގެ ފަރާތުން މަޑަވެލީގައި ބާއްވާ މިފަދަ ކޮންމެ ހަރަކާތެއްގައިގައި ކެނޑި ނޭޅި އެހީތެރިކަން ދެއްވާކަން ފާހަގަ ކުރަމެވެ. މި މުބާރަތުގެ މެއިން ސްޕޮންސަރ އަކީ ސަޓާ ބޭކަރީއެވެ. އަދި މީޑިއާ ޕާޓްނަރ އަކީ އޭއޯ ނިއުސްއެވެ.