English Edition
Dhivehi Edition
ފުލުހުން މާލޭގެ މަގުމަތި މޮނިޓަރކުރަނީ - ފޮޓޯ: ޕޮލިސް

ފާއިތުވި ސައުވީސް ގަޑިއިރު ތެރޭގައި ރާއްޖެއިން އިތުރު 585 މީހުން ކޮވިޑް19އަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭގެ ތަފާތު ހިސާބުތައް ދައްކާ ގޮތުން އިއްޔެ ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެއިން ޕޮޒިޓިވްވި 397 މީހުންނާއި އަތޮޅުތަކުން ޕޮޒިޓިވް ވި 160 މީހުންގެ އިތުރުން ހިންގަމުންދާ ރިސޯޓުތަކުން ޕޮޒިޓިވްވި 11 މީހުންނާއި ތަރައްގީކުރަމުންދާ ރަށްރަށުން 2 މީހުންނާއި އަދި ސިނާއީ ރަށްރަށުން 15 މީހުން ކަމަށެވެ.

މިއަދުގެ ކޭސްތަކާއެކު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމުލަ އަދަދު 31،330 އަށް އަރާފައިވާއިރު އެކްޓިވް ކޭސްތަކުގެ އަދަދު 6،033އަށް އަރާފައެވެ. މިވަގުތު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން 173 މީހުންނަށް ފަރުވާދެމުން އަންނައިރު މިއަދު ބަލިން ރަނގަޅުވީ 146 މީހުންނެވެ.