English Edition
Dhivehi Edition

މަޑަވެލީ ޕަބްޖީ ކޮމިއުނިޓީން އިންތިޒާމްކޮށްގެން “ހުވަދޫ އޯޕަން 2021” ޕަބްޖީ މުބާރާތް މިރޭ 00:00 ގައި ފަށާނެއެވެ.

ހުވަދޫ އޯޕަން 2021 ޕަބްޖީ މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި ހަމަވިއިރު މުބާރާތުގައި ބައިވެރިވި 20 ޓީމާއެކު މިރޭ މިމުބާރާތް ފެށިގެން ކުރިއަށްދާނީ ވަރޗުއަލް މުބާރާތެއްގެ ގޮތުގައެވެ. 23:45 ގައި މުބާރާތަށް ރޫމް ހުޅުވާލައި 00:00 ގައި ގޭމް ފެށޭއިރު މަޑަވެލީ ޕަބްޖީ ފޭސްބުކް ޕޭޖުން ލައިވް ކުރެވިގެންދާނެއެވެ.

މިމުބާރާތުގެ ޗެންޕިއަން ޓީމަށް 5،000 ދިވެހި ރުފިޔާގެ ފައިސާގެ އިނާމެއް ލިބިގެންދާއެވެ. މިމުބާރާތުގައި ގދ. މަޑަވެލީގެ 12 ޓީމެއްގެ އިތުރުން އެހެނިހެން ރަށްރަށުން 08 ޓީމަކުން ވަނީ ބައިވެރިވެފައެވެ.

މިމުބާރާތުގެ ބްރޯޑްކާސްޓިންގ ޕާރޓްނަރުންގެ ގޮތުގައި މިލަންދޫ ޕަބްޖީ ހަމަޖެހިފައިވާއިރު މީޑިއާ ޕާރޓްނަރުންގެ ގޮތުގައި ހަމަޖެހިފައިވަނީ އޭ.އޯ ނިއުސް އެވެ. އަދި ގޭޖް ޕްރައިވެޓް ލިމިޓެޑާއި ލޮކޯ މާރޓްގެ އިތުރުން ޗިކާ އަދި ޝާފީ އާދަމް މި މުބާރާތަށް ސްޕޮންސަރ ދެއްވާފައިވާކަން މަޑަވެލީ ޕަބްޖީ ކޮމިއުނިޓީން ވަނީ ފާހަގަކޮށްފައެވެ.