English Edition
Dhivehi Edition
ކުރީގެ އީސީސީ އަދި މިހާރުގެ އޭއީއެޗްގެ މަތިން ނަގާފައިވާ މަންޒަރެއް - ފޮޓޯ: ޑްރޯންސްޓަގްރާމް

އައްޑޫ ސިޓީ ހިތަދޫ އިން މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން ހިތަދޫ އިން ޕޮޒިޓިވްވި 25 އަހަރުގެ މީހާއަކީ ހިތަދޫ ފްލޫ ކްލިނިކަށް ދެއްކި މީހެކެވެ. އޭނާ ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ކުރަމުން އަންނައިރު މިދިޔަ ހޮނިހިރުދުވަހު ހިތަދޫ ފްލޫ ކްލިނިކަށް ދެއްކި ފޭދޫ މީހަކުވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

މީގެ އިތުރުން އައްޑޫ ސިޓީ ހުޅުދޫ މީދޫ އިން ޖުމްލަ 13 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު އައްޑޫ ސިޓީ އަށް އަރާ ފޭބުންވަނީ މަނާކޮށްފައެވެ. އަދި ބަލިން ރައްކާތެރިވުމުގެ ގޮތުން އައްޑޫ ސިޓީ ކައުންސިލުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅާފައެވެ.