English Edition
Dhivehi Edition
ކޮވިޑް-19 ވެކްސިން ދިނުން ސ. އަތޮޅު މަދަރުސާގައި ކުރިއަށްދަނީ - ފޮޓޯ: ހުޅުމީދޫ ޞިއްޙީ މަރުކަޒު

އައްޑޫ ސިޓީ ހުޅުދޫ މީދޫ އިން ބަޔަކު ކޮވިޑް19 އަށް ޕޮޒިޓިވްވެ އެ ރަށް މޮނިޓަރިންއަށްލުމާއި ގުޅިގެން ވެކްސިން ޖެހުން މެދުކަނޑާލުމަށްފަހު މިރޭ އަލުން ވެކްސިން ދޭން ފަށާނެ ކަމަށް ހުޅުމީދޫ ސިއްހީ މަރުކަޒުން ބުނެފިއެވެ،

ހުޅުމިދޫ ސިއްހީ މަރުކަޒުން ބުނީ 02 މެއި 2021 ވަނަ ދުވަހުން ފެށިގެން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ރޭގަނޑު ވެކްސިން ޖެހުން ކުރިއަށް ގެންދާނެކަމަށެވެ. ވެކްސިން ޖެހުމަށް ބޭނުންވާ ފަރާތްތަކަށް ރޭގަނޑު 9:00 އިން ފެށިގެން ކިއު ނަންބަރު ދޫކުރުމަށް ހަމަޖެހިފައިވާއިރު ކޮންމެ ރެއަކު ދޫކުރުމަށް ހަމަޖެހިފައިވަނީ 50 ނަންބަރެވެ.

މީގެ އިތުރުން ސިއްހީ މަރުކަޒުން ބުނީ ވެކްސިން ދިނުމުގައި 14 ފެބްރުއަރީ އާއި 20 ފެބްރުއަރީ އާއި ދެމެދު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެ ކަމަށެވެ. އަދި ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައި ނުވާ ފަރާތްތަކަށް ސިނޮފާމް ވެކްސިން ދިނުމަށް ހަމަޖެހިފައިވާކަމަށްވެސް ސިއްހީ މަރުކަޒުން ވަނީ ބުނެފައެވެ.

އައްޑޫ ސިޓީ ހުޅުދޫ މީދޫ އިން މިހާތަނަށް 12 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު ކޮންޓެކްޓް ޓްރޭސިން ހެދުމާއި ސަމްޕަލް ނެގުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.