English Edition
Dhivehi Edition

މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ޖިންސީ ފުރައްސާރަ” އިގެ މައްސަލަތަކާ ދެކޮޅަށް 2021 މެއި 1 ވަނަ ދުވަހުގެ ރޭ ކުރިއަށްދިޔަ އިހުތިޖާޖު ކަވަރ ކުރުމަށް ހަރަކާތްތެރިވި ބައެއް ނޫސްވެރިންނަށް ފުލުހުން ވަނީ ހުރަސްއަޅާފައި ކަމަށާއި ނޫސްވެރިންނާއި ބޭއަދަބީ ބަހުން މުޙާތަބުކޮށް ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާ ކަމުގެ ޝަކުވާ ނޫސްވެރިންނާއި މީޑިޔާ ހުށަހަޅައިފައި ވާތީ އެކަން މީޑިޔާ ކައުންސިލުން ކުށްވެރި ކޮށްފިއެވެ.

މީޑިޔާ ކައުންސިލުން ނެރުނު ނޫސް ބަޔާނުގައި ވަނީ މިކަންކަން ނުހަނު ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށް ބަޔާންކޮށްފައެވެ.

ހަމައެހެންމެ، އަޙުތިޖާޖް ކަވަރ ކުރުމުގެ ތެރެއިން ނޫސްވެރިންގެ ކިބައިންވެސް، ނޫސްވެރިކަމުގެ އަޚްލާޤީ މިންގަނޑާއި ނުގުޅޭ ބޭއަދަބީ އަމަލުތައް ފެނިފައިވާތީ އެކަމާއި ކަންބޮޑުވާކަމަށްވެސް ނޫސް ބަޔާނުގައި ވެއެވެ. ނޫސްވެރިންނަކީ މުޖުތަމައު ތެރޭގައި އުޅޭ އުޅުމުގައްޔާއި ޙާއްސަކޮށް މަސައްކަތުގެ ތެރޭގައި ވަކި މިންގަނޑެއް ހިފަހައްޓާ ، މުޅި މުޖުތަމަޢު އަށް ނަމޫނާ ބަޔަކަށް ވާން ޖެހޭ ކަން މީޑިޔާ ކައުންސިލް ނޫސް ބަޔާނުގައި އަލިއަޅުވާލައިފައިވެއެވެ.

ނޫސްވެރިންގެ މިނިވަންކަމުގެ އިމުގެ ތެރޭގައި ޕްރޮފެޝަނަލް ވާޖިބް އަދާކުރަމުންދާހާ ހިނދެއްގައި ހަމަ އެއްވެސް ފަރާތަކުން،ނޫސްވެރިޔާގެ މަސައްކަތަށް ދަތިކޮށް ހުރަސްއެޅުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށް ބަޔާނުގައި ވެއެވެ. އަދި އިޙްތިޖާޖްގައި ކަންހިނގައިދިޔަ ގޮތް ބަލައި މަސައްކަތަށް ހުރަސް އަޅާފައިވާނަމަ އެކަމަށް އަޅަން ޖެހޭ ދިޔަވަޅު އެޅުމަށް މީޑިޔާ ކައުންސިލުން ކަމާބެހޭ މުއައްސަސާ ތަކަށް ގޮވާލައިފައި ވެއެވެ.