English Edition
Dhivehi Edition

އައްޑޫ ސިޓީ މޮނިޓަރިންއަށް ލުމާއި ގުޅިގެން މިރޭ ފެށުމަށް ނިންމާފައިވާ ގޯދިއްޔާ ފުޓްސަލް މުބާރާތް ފަސްކޮށްފިއެވެ.

މި މުބާރާތް އިންތިޒާމުކުރާ ފަރާތުން ކުރި ފޯސްޓެއްގައި ބުނީ ކޮވިޑް19 އާއި ގުޅިގެން އައްޑޫ ސިޓީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާތީ ވަކި މުއްދަތެއް ނެތް ގޮތަކަށް މުބާރާތް ފަސްކޮށްފައިވާކަމަށެވެ. އަދި މުބާރާތް ކުރިއަށް ގެންދާނެ ވަކި ތާރީހެއް ވަރަށް އަވަހަށް ހިއްސާކުރާނެ ކަމަށްވެސް މުބާރާތް އިންތިޒާމްކުރާ ފަރާތުން ވަނީ ބުނެފައެވެ.

28 އެޕްރީލްގައި ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތް، ފުރަތަމަ ފަހަރު ފަސްކޮށްފައިވަނީ މުބާރާތުގައި ކުޅުމަށް ރަށުން ބޭރުން އައިސް ކަރަންޓީނުގައި ހުރި ކުޅުންތެރިއަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާތީއެވެ. އަދި މި ކުޅުންތެރިޔާ ކަރަންޓީނު އުސޫލާ ޚިލާފުވެ ޢާއްމުންގެ ތެރެއަށް ނިކުމެ ޕްރެކްޓިސް މެޗްތަކެއްގައި ބައިވެރިވެފައިވާތީ ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތްވަނީ ކުރިއަށް ގެންގޮސްފައެވެ.

ޕޮޒިޓިވްވި ކުޅުންތެރިޔާ ފިޔަވައި ނެގި އިތުރު ސާމްޕަލެއް ޕޮޒިޓިވްވެފައި ނުވާތީ މެއި 1 ވަނަ ދުވަހުގެ ރޭ މުބާރާތް ފެށުމުގެ ހުއދަ އައްޑޫ ސިޓީ ކައުންސިލް އިދާރާއިންވަނީ ދީފައެވެ. އެހެންނަމަވެސް މިރޭގެ މެޗަށް ޓީމްތައްވެސް ތައްޔާރުވެފައިވަނިކޮށް އައްޑޫ ސިޓީ މޮނިޓަރިންއަށް ލުމާއި ގުޅިގެން މުބާރާތްވަނީ ފަސްކިށްފައެވެ