English Edition
Dhivehi Edition

މަޑަވެލީ ޕަބްޖީ ކޮމިއުނިޓީން މުޅި ހުވަދުއަތޮޅަށް ހުޅުވާލައިގެން ބާއްވާ “ހުވަދޫ އޯޕަން 2021” ޕަބްޖީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ހުވަދޫ އޯޕަން 2021 ޕަބްޖީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލެވުނު އިރު މުބާރާތުގައި ބައިވެރިވާ ޓީމުތަކުން ޓީމް ލިސްޓު ހުށަހަޅަން ޖެހޭ ފަހު ތާރީހެއް ގޮތުގައި ކަނޑައަޅާފައިވަނީ 01 މެއި ވާ އާދީއްތަ ދުވަހެވެ.

ކޮންމެ ޓީމެއްގައި ވެސް އެޓީމެއް ނިސްބަތްވާ ހުވަދުއަތޮޅުގެ ރަށެއްގެ 02 ކުޅުންތެރިންނާ އެކު އިތުރު 04 ކުޅުންތެރިން ހިމެނުމުގެ ފުރުސަތު އޮތް މިމުބާރާތުގައި ރަޖިސްޓްރީވާ ޓީމް ނިސްބަތްވާ ރަށުގެ ކެޕްޓަނެއް ހުރުމަކީ މަޖުބޫރު ކަމެކެވެ.

ވަރޗުއަލްކޮށް ކުރިއަށްގެންދާ މިމުބާރާތުގައި ބައިވެރިވުމަށް އޮންލައިންކޮށް ފޯމް ފުރިހަމަ ކުރެވޭނެއެވެ. ރަޖިސްޓަރީވާ އިރު ޓީމަށް ދެވޭ ނަމަކީ މުޖުތަމައުގައި ބޭނުންކުރަން ރަނގަޅު ނަމަކަށް ހަދަން ސަމާލުކަން ދިނުމަށް މަޑަވެލީ ޕަބްޖީ ކޮމިއުނިޓީން އެދެއެވެ.

ފޯމް: https://form.jotform.com/211155501627043

03 މެއި ގައި ފެށުމަށް ހަމަޖެހިފައިވާ ހުވަދޫ އޯޕަން 2021 ޕަބްޖީ މުބާރާތުގެ މީޑިއާ ޕާޓްނަރުންގެ ގޮތުގައި ހަމަޖެހިފައި ވަނީ އޭ.އޯ ނިއުސް އެވެ. އަދި އިތުރު ފަރާތްތަކަށް ސްޕޮންސަރ ކުރުމަށް މިހާރު ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް މަޑަވެލީ ޕަބްޖީ ކޮމިއުނިޓީން މަޢުލޫމާތުދެއެވެ.

1 ކޮމެންޓް
1828
އޭޕްރީލް 28, 2021
އިނާމް މެންޝަންކޮށްލާފައި ނެތީމައި ހަބަރު ފުރިހަމައެއް ނޫން