English Edition
Dhivehi Edition

ފުވައްމުލަކު ސިޓީ، ޙާފިޒު އަޙުމަދު ސްކޫލުގެ އަހަރީދުވަސް އިއްޔެ އެ ސްކޫލުގައި ފާހަގަކޮށްފިއެވެ.

ޙާފިޒު އަޙުމަދު ސްކޫލަކީ ފުވައްމުލަކުގައި ހިމެނޭ ސަރުކާރުގެ ހަތަރު ސުކޫލުގެ ތެރެއިން އާބާދީގެ ގޮތުން އެންމެ ބޮޑު އަދި އެންމެ ހަގު ސުކޫލެވެ. މިސުކޫލް ނިސްބަތްވެގެންވަނީ ފުވައްމުލަކު ދޫނޑިގަމި އެދުރުގެ އަލްޙާފިޒު އަލްމަރުހޫމް އަޙުމަދު ކަލޭގެފާނަށެވެ. މި ސުކޫލް ހުންނަނީ ފުވައްމުލަކު ފުނާޑު އަވަށުގައެވެ. ޙާފިޒު އަޙުމަދު ސުކޫލަށް މިއަދު 17 އަހަރު ފުރުނުއިރު މިއަހަރަކީ އެންމެ ފުރަތަމަ ފަހަރަށް އެސުކޫލުގެ ދަރިވަރުން އޯލެވެލްގައިވެސް ބައިވެރިވާ އަހަރެވެ. މި ސުކޫލަކީ، ފައުންޑޭޝަން ސްޓޭޖުން ފެށިގެން ގުރޭޑު 10 އާއި ހަމަޔަށް ތަޢުލީމު ފޯކޮށްދޭ ސުކޫލެކެވެ. މީގެ އިތުރުން ހުރިހާ ކުދިން ޝާމިލުކޮށްގެން ތަޢުލީމު ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ތެރެއިން، އިންކުލޫސިވު އެޑިއުކޭޝަން ޔުނިޓެއްވެސް މި ސުކޫލުގައި ގާއިމްކޮށްފައި ހުރެއެވެ. ދާދިފަހުން ވަނީ މި ސުކޫލުގައި، އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ދެ ސަރަހައްދެއްގައި ގާއިމުކުރި އިންކުލޫސިވު އެޑިއުކޭޝަން ސަޕޯޓު ޔުނިޓުގެ ތެރެއިން އެއް ޔުނިޓު މި ސުކޫލުގައި، ހުޅުވައިފައެވެ. މި ޔުނިޓު ހުޅުވައިދެއްވީ ވަރޗުއަލްކޮށް ބޭއްވި ރަސްމިއްޔާތެއްގައެއެވެ. 17 އަހަރުވީ މި ސުކޫލް އަންނަނީ، ތަޢުލީމީގޮތުންނާއި، އެހެނިހެން ގޮތްގޮތުންވެސް، މަތީ އަރުތަތަކެއް ހާސިލުލުކުރަމުންނެވެ.

ޙާފިޒު އަޙުމަދު ސުކޫލްގައި އިއްޔެ އެސުކޫލުގެ 17 ވަނަ އަހަރީ ދުވަސް ފާހަގަކޮށްފައިވާއިރު ، މިމަހު 20 ވަނަ ދުވަހުވަނީ މިރަށުގެ ތަޢުލީމީ މަރުކަޒުގެ 39 އަހަރީ ދުވަސްވެސް ފާހަގަކޮށްފައެވެ. ތަޢުލީމީ މަރުކަޒަކީ ފުވައްމުލަކުގެ ޒުވާން އެތަށް ޖީލެއް ބިނާކުރުމުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރަމުން އަންނަ އެރަށުގެ އެންމެންގެ ފަޚުރެއް ކަމަށްވާ ސުކޫލެކެވެ.

މިފުރުސަތުގައި މި ދެ ސުކޫލުގެ މުވައްޒިފުންނާއި، ދަރިވަރުން އަދި ބެލެނިވެރިންނަށް އަހަރީ ދުވަހުގެ ތަހުނިޔާ އޭއޯ ނޫހުގެ ފަރާތުން އަރިސްކުރަމެވެ.