English Edition
Dhivehi Edition

އޭއޯ ރޯދައިގެބަދިގެ” މި ސެގްމެންޓްގައި މިއަދު ގެނެސްދެނީ ހާރުދަމު ކެއުމަށް ނުވަތަ ދަމު ކެއުމަށް ފައިދާ ހުރި މީރު ބަތެއް ތައްޔާރު ކޮށްލާނެ ގޮތެވެ.

ބޭނުންވާނެ ތަކެތި:

  • 4 ޖޯޑު ބަތް (ބާސްމަތީ ހަޑުލުގެ)
  • 1 ޖޯޑު ހުންނަހާ ކަނޑުމަސް (ކުޑަކޮށް ތެލުލާފައި)
  • 4 ފޮތި އަލަނާސި ( ކުދިކޮށް ކޮށާފައި)
  • 2 ފިޔާ (ހިމުންކޮށް ކޮށާފައި)
  • 1 ގިތެޔޮ މިރުސް (ހިމުންކޮށް ކޮށާފައި)
  • ½ ޖޯޑު ކެބެޖް (ހިމުންކޮށް ކޮށާފައި)
  • 1 ކެރެޓް (ގާނާފައި)
  • ½ ބެލް ޕެޕަރ (ކިއުބްކޮށް ކޮށާަފައި)
  • ތެޔޮފޮދެއް
  • ½ ސައިސަމުސާ އަޖިނަމަމޮޓޯ
  • ⅓ ސައިސަމުސާ މުގުރި އަސޭމިރުސް
  • ¼ ސައިސަމުސާ ރީނދޫ ލޮނުކޮޅެއް (ރަހަލާވަރަށް)
  • 4 ހިނކަދިފަތް ތައްޔާރުކުރާނެގޮތް: ތަވާ އުދުން މައްޗަށް އުނދާލުމަށްފަހު ތެޔޮފޮދު އަޅާލާށެވެ. އެއަށްފަހު ތަވަޔަށް ތެޔޮ ފޮދު އެޅުމަށް ހިމުންކޮށް ކޮށާފައި ހުރި ފިޔާ، މިރުސް، އަޅާށެވެ. އެއަށްފަހު ހިނކަދިފަތް، ހިމުންކޮށް ކޮށާފައިވާ ކެރެޓާއި ކެބެޖް އަދި ބެލް ޕެޕަރ އަޅާށެވެ.ހުރިހާ އެއްޗެއް އެޅުމަށްފަހު މޯޅިވަންދެން ދޭފަތުން ހަލަމުން ގެންދާށެވެ. ހުރިހާ އެއްޗެއް ރަނގަޅަށް މޯޅިވުމުން މަސް ކޮޅު އަޅާލައިފައި ރަނގަޅަށް ރޯފިލަންދެން ދޭފަތުން ހަލާށެވެ.އުނދުން މަޑު ގިނީގައި ބަހައްޓައިން މަސްކޮޅު ރޯފިލުމުން އަލަނާސި ކޮޅު އަޅާލާށެވެ. އަދި އަލަނާސި ކޮޅުވެސް މޯޅިވެލަންދެން ހަލާލާށެވެ. އަލަނާސި ކޮޅު މޯޅިވުމުން ލޮނު،އަޖިނަމޮޓޯ، މުގުރި އަސޭމިރުސް، ރީނދޫ ކޮޅު އެޅުމަށްފަހު ރަނގަޅަށް ރަހަގަޑު ހިފާ ވަރަށް ހަލާލާށެވެ. އެއަށް ފަހު ބަތް އަޅާލުމަށްފަހު ރަނގަޅަށް އެއްކޮށްލާފައި އުނދުން ނިއްވާލާށެވެ. އެއަށް ފަހު ބަތް ކާ ތައްޓަށް އަޅާފައި ސާރވް ކުރާށެވެ.