English Edition
Dhivehi Edition
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު - ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ރައީސް އޮފީހުން މިރޭ ނެރުނު ކުރު ބަޔާނެއްގައި ބުނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އާއި ފަސްޓް ލޭޑީ ފަޒްނާގެ ދެބޭފުޅުންގެ ކޮވިޑް ޓެސްޓުގެ ނަތީޖާ ނެގެޓިވްވެފައިވާކަމަށެވެ. އިތުރަށް އެ ބަޔާނުގައި ބުނީ ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން ފަޒުނާ މިހާރު ހުންނެވީ އާއިލާއާއި އެކަހެރިވެވަޑައިގެންކަމަށާއި އެކަމަނާގެ ހާލުކޮޅު ރަނގަޅުކަމަށެވެ.

ފަސްޓް ލޭޑީ ފަޒްނާ ކޮވިޑަށް ޕޮޒިޓިވްވިއިރު، އެ ކަމަނާގެ ކޮއްކޯފުޅުގެ ފިރިކަލުން އަދި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.