English Edition
Dhivehi Edition

ގެމަނަފުށީ ޒުވާން ވިޔަފާރިވެރިއެއް ކަމަށްވާ ޖޭ.އެން.ޑީ ކުންފުނީގެ ވެރިޔާ މުހައްމަދު ޖާވީދު ރޯދަމަހަށް ހާއްސަކޮށް ތަފާތު ގިނަ ބާވަތުގެ މުދާތަކާއެކު “ވެރައިޓީ ސުޕަމާރޓް”ގެ ނަމުގައި ފިހާރައެއް ހުޅުވައިފިއެވެ.

“އޭއޯ ނިއުސް” އަށް މައުލޫމާތު ދެމުން ޖާވިދު ބުނިގޮތުގައި މިއީ 2017 ވަނަ އަހަރުން ފެށިގެން ކުރަމުންދިޔަ ބުރަ މަސައްކަތާއި ފޮނި އުންމީދުތަކުގެ ނަތީޖާއެވެ. މިއީ ވަރަށް ކުރިން ދުރާލައި ރާވައިގެން ކުރެވުނު މަސައްކަތެއް ކަމަށާއި، ކުރިން ކުރަމުން ދިޔަ ކުދި ކުދި ވިޔަފާރިތަކުގެ އެހީއާއި ތަޖުރިބާއާއި އެކު، ރޭގައި ހުޅުވިގެން ދިޔަ ސުޕަމާރޓުން އެ ހުރިހާ މުދަލެއް އެއްތަނަކުން ލިބިގެންދާނެ ކަމަށް ޖާވީދު ވަނީ ބުނެފައެވެ. އިތުރަށް ވާހަކަ ދައްކަމުން ޖާވިދު ބުނިގޮތުގައި މާލޭގެ ފިހާރަތަކާއި އެއްފެންވަރެއްގައި މުދާތަށް ޑިސްޕްލޭ ކުރެވި، ފެންވަރު ރަނގަޅު ކަސްޓަމަރ ސާވިސް އެއް މި ސުޕަމާރޓުން ލިބިގެންދާނެއެވެ. ރޭ އެކަނިވެސް 200 އަށްވުރެ ގިނަ ކަސްޓަމަރުން ވިޔަފާރި ކުރިކަމަށާއި، މިއީވެސް ވިޔަފާރިއަށް ކަސްޓަމަރުންގެ ތާއީދު އޮތްކަމުގެ ހެއްކެއްކަމަށް ޖާވިދު ވަނީ ފާހަގަކޮށްފައެވެ. މިއީ ގެމަނަފުށީގެ ތަރައްޤީއަށް އެޅިގެންދާ އިތުރު ބޮޅެއްކަން ފާހަގަކޮށް ޖާވީދު ބުނިގޮތުގައި އޭނާގެ އުންމީދަކީ ކައިރި ރަށްރަށުންވެސް މި ސުޕަމާރޓުން ވިޔަފާރިކުރުމަށް ގެމަނަފުއްޓަށް އައުމެވެ.

Advt

Advertisement

ޖާވީދު ބުނިގޮތުގައި މިވިޔަފާރި މިހާ ފުރިހަމަގޮތެއްގައި ފެށިގެން މިދިޔައީ އެކި ގޮތްގޮތުން އޭނާގެ އަންހެނުގެ ފަރާތުން ލިބިގެންދިޔަ އެހީތެރިކަމާއި އެއްބާރުލުމުގެ ސަބަބުންނެވެ. މި މަސައްކަތުގައި ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ފައިސާގެ ދަތިކަން ކަމަށާއި, އެކަމުގައިވެސް އަންހެނުންގެ ފުރިހަމަ އެހީތެރިކަން ލިބިގެންދިޔަކަން ޖާވިދު ފާހަގަކުރިއެވެ. އެހެންކަމުން މިވިޔަފާރިއަކީ އޭނާގެ އެކަނި ވިޔަފާރިއެއް ނޫން ކަމަށާއި، މި ވިޔަފާރީގައި ދެމަފިރިންގެ ހިއްސާ ފުރިހަމައަށް އޮންނާނެކަމަށްވެސް ޖާވީދު ވަނީ fފާހަގަކޮށްފައެވެ. މުސްތަޤުބަލުގައި ޖާވީދުގެ އުންމީދަކީ މިހާރު ސުޕަމާރޓްގައި ނެތް ހަމައެކަނި ސާމާނުތަށް ކަމުގައިވާ ހާރޑްވެއާރ ސާމާނާއި އިލެކްޓްރޯނިކް ސާމާނުތަށް އިތުރުކޮށް ވިޔަފާރި އިތުރަށް ފުޅާވެގެންދިޔުމެވެ.

ޖޭ.އެން.ޑީ ގެ ފަރާތުން ގެމަނަފުށީގައި ތަފާތު އެކި ވިޔަފާރިތަށް ކޮށްފައިވާއިރު މިހާރުވެސް ޖޭ.އެންޑީ ސެލޫން އާއި ޖޭ.އެންޑީ ކާޕެންޓްރީ ހުރިކަން ފާހަގަކޮށްލަން ޖެހެއެވެ.