English Edition
Dhivehi Edition
އައްޑޫ ސިޓީ ހިތަދޫ - ފޮޓޯ: ޕީއެސްއެމް ނިއުސް

އައްޑޫ ސިޓީ ހިތަދޫގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމް ކޮށްލައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ހަވީރު ހިނގި މި ހާދިސާގައި މީހެއްގެ އަރިކައްޓަށް ތޫނު އެއްޗަކުން ހަމަލާދީފައިވާއިރު އޭނާއަށް މިހާރު ފަރުވާދެމުންދަނީ ހޮސްޕޓަލުގައެވެ،

މި ހަމަލާ ދިން މީހާ މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު އަދި ކަމާއި ގުޅޭ އިދާރާތަކުން މިކަމާއި ގުޅޭ އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ