English Edition
Dhivehi Edition

ކޮންމެ ދުވަހަކު ޑާޓާ އައުވެގެންދާ އާޗާ ޕޯސްޓްޕެއިޑް ޕްލޭން ތަކެއް އުރީދޫ އިން ތަޢާރަފް ކޮށްފިއެވެ.
އުރީދޫ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ޚާއްޞަ މިޚިދުމަތުން ކޮންމެ ދުވަހަކު 2ޖީބީ އިން ފެށިގެން 6ޖީބީ އާއި ހަމައަށް ޑާޓާ އައުވެގެން ދިއުމުގެ އިތުރުން އަންލިމިޓެޑް އުރީދޫ ކޯލްސް ލިބިގެން ދާނެއެވެ.

މުޅި މަހަށް 60ޖީބީ ލިބޭ މިޚިދުމަތުގެ އަގަކީ 600ރ އެވެ.

އުރީދު އާޗާ ޕޯސްޓްޕެއިޑް ޕްލޭންތަކާއެކު، ހެޔޮ އަގުތަކުގައި، މާކެޓްގެ އެންމެ ފުރިހަމަ ފައިދާތައް ލިބިގެންދެއެވެ.

އާޗާ ޕޯސްޓްޕެއިޑް ޕްލޭންސް

އާޗާ ޕޮސްޓްޕެއިޑް ޕްލޭންސް އަގު (ރުފިޔާ) ކޮންމެ މަހަކަށް ލިބޭ އެލަވަންސް ބޭނުންކުރެވޭ މުއްދަތު
އާޗާ ޕޯސްޓްޕެއިޑް 600 600 60 ޖީބީ (ދުވާލަކު ރެގިއުލާ 1 ޖީބީ ޑޭޓާގެ އިތުރުން ސޯޝަލް މީޑިއާ އަށް 1ޖީބީ ޑޭޓާ)

އުރީދޫ ނަމްބަރުތަކަށް އަންލިމިޓެޑް ކޯލްސް

އެހެންނެޓްވޯރކްތަކަށް 300 މިނެޓް

30 ދުވަސް
އާޗާ ޕޯސްޓްޕެއިޑް 800 800 120 ޖީބީ (ދުވާލަކު ރެގިއުލާ 2 ޖީބީ ޑޭޓާގެ އިތުރުން ސޯޝަލް މީޑިއާ އަށް 2ޖީބީ ޑޭޓާ)

އުރީދޫ ނަމްބަރުތަކަށް އަންލިމިޓެޑް ކޯލްސް

އެހެންނެޓްވޯރކްތަކަށް 600 މިނެޓް

30 ދުވަސް
އާޗާ ޕޯސްޓްޕެއިޑް 1000 1000 180 ޖީބީ (ދުވާލަކު ރެގިއުލާ 3 ޖީބީ ޑޭޓާގެ އިތުރުން ސޯޝަލް މީޑިއާ އަށް 3ޖީބީ ޑޭޓާ)

އުރީދޫ ނަމްބަރުތަކަށް އަންލިމިޓެޑް ކޯލްސް

އެހެންނެޓްވޯރކްތަކަށް 1000 މިނެޓް

30 ދުވަސް

އާޗާ ޕޯސްޓްޕެއިޑް ޕޯޓްފޯލިއޮގެ ދަށުން، ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް، 24 ގަޑިއިރަށް. ހަފްތާއަކަށް ނުވަތަ މުޅި މަހުގެ ނިޔަލަށް، ކޮންމެ ދުވަހަކު 1ޖީބީ ޑާޓާ ލިބޭ އާޗާ ޕޯސްޓްޕެއިޑް އެޑްއޯންސް ވެސް އެކްޓިވޭޓް ކުރެވޭނެއެވެ.

އާޗާ ޕޯސްޓްޕެއިޑް އެޑްއޯންސް

އާޗާ ޕޮސްޓްޕެއިޑް އެޑްއޯންސް އަގު (ރުފިޔާ) ކޮންމެ މަހަކަށް ލިބޭ އެލަވަންސް ބޭނުންކުރެވޭ މުއްދަތު
އާޗާ ޕޯސްޓްޕެއިޑް އެޑްއޯން 50 50 ދުވާލަކު 1 ޖީބީ ޑޭޓާ 24 ގަޑިއިރު
އާޗާ ޕޯސްޓްޕެއިޑް އެޑްއޯން 150 150 ދުވާލަކު 1 ޖީބީ ޑޭޓާ 7 ދުވަސް
އާޗާ ޕޯސްޓްޕެއިޑް އެޑްއޯން 500 500 ދުވާލަކު 1 ޖީބީ ޑޭޓާ 30 ދުވަސް

އުރީދޫ މޯލްޑިވްސް ގެ އެކްޓިންގ ޗީފް ކޮމާރޝަލް އޮފިސަރ، ހުސައިން ނިޔާޒް ވިދާޅުވީ ކަސްޓަމަރުންގެ ބަދަލުވަމުން އަންނަ ބޭނުންތަކާ އެއްގޮތަށް ޕްރޮޑަކްޓް ޕޯޓްފޯލިއޯއަށް ބަދަލު ގެނެސް އަޕްގްރޭޑް ކުރުމަކީ ވަރަށް މުހިންމުކަމެއް ކަމުގައި ދެކޭކަމަށެވެ. އަދި އަަބަދުވެސް މަަސައްކަތްކުރަނީ ބޮޑެތި ފައިދާތަކެއް އެކުލަވައިލައިގެން ފެންވަރު ރަނގަޅު ޙިދުމަތްތަކެއް ހެޔޮ އަގުގައި ފޯރުކޮށްދިނުމަށް ކަމަށެވެ. އެގޮތުން ދާދި ފަހުން އުރީދޫއިން ތައާރަފްކުރި އާޗާ ޕްރިޕެއިޑް ޕޯޓްފޯލިއޯ އަށް ވަނީ ވަރަށް ބޮޑު މަގްބޫލުކަމެއްލިބިފައެވެ. ހަމަ އެފަދައިން މި ލޯންޗްކުރެވުނު އާޗާ ޕޯސްޓްޕެއިޑް ޕްލޭންތަކާއެކު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ ކަމަށާއި އަންލިމިޓަޑް އުރީދޫ ކޯލްސްގެ އިތުރުން ކޮންމެ ދުވަހަކު ޑޭޓާ އައުވެގެން ދިއުމުން ކަސްޓަމަރުންނަށް ޑޭޓާ ބޭނުންކުރެވޭވަރު ފަސޭހައިން މެނޭޖްކުރެވި ހެޔޮ އަގެއްގައި ކޮންމެ ދުވަހަކުވެސް އިންޓަނެޓް ބޭނުންކުރެވޭނެ ކަމަށް ނިޔާޒް ވިދާޅުވިއެވެ.

އުރީދޫ ކަސްޓަމަރުން އަދި އައު ކަސްޓަމަރުން އާޗާ ޕޯސްޓްޕެއިޑް ނެގުމަށް އުރީދޫ ޝޮޕްތަކުން އެކްޓިވޭޓްކޮށްލެވޭނެއެވެ.

އާޗާ ޕޯސްޓްޕެއިޑްއާއި ގުޅޭ އިތުރު މައުލޫމާތު ooredoo.mv އިން ލިބޭނެއެވެ.