English Edition
Dhivehi Edition
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް - ފޮޓޯ: ރައީސް އޮފީސް

ރައްޔިތުންގެ ބަސް ބުނުމަށްޓަކައި، މިއަދު ކުރިއަށް ދާ ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު އަދާކުރުމަށް ނައިބު ރައީސް ފައިސަލް ނަސީމް އެދިވަޑައިގެންފިއެވެ،

ވޯޓު ދެއްވުމަށް ފަހު، ފައިސަލް ނަސީމް ވިދާޅުވީ މިއީ ވަރަށް ދަތި ދުވަސްވަރަކަށް ވި ނަމަވެސް، ވޯޓުލުމަކީ ރައްޔިތުންނަށްޓަކައި ކުރަންޖެހޭ ކަމެއް ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ގިނަ ބަޔަކާއެކު މަސައްކަތް ކުރައްވަން އެނގިވަަޑައިގަންނަވާ ބޭފުޅެއްކަން ފާހަގަކުރަމުން ފައިސަލް ނަސީމް ވިދާޅުވީ ވަކި ފިކުރެއްގެ ބަޔަކު މި ސަރުކާރުން ބާކީ ނުކުރައްވާނެ ކަމަށެވެ. މީގެ އިތުރުން ފައިސަލް ނަސީމް ވަނީ އެކި ފިކުރުތަކުގެ މީހުންނާ އެކު މި ސަރުކާރުން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

އިތުރަށް ފައިސަލް ނަސީމް ވިދާޅުވީ ސަރުކާރުން ވަނީ ރައްޔިތުންނަށް އަނބުރާ ހައްގުތައް ހޯދައިދީފައިވާ ކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކަން ފަހިކޮށްދެއްވާފައިވާ ކަމަށެވެ. އެހެންކަމުން، ރައްޔިތުންގެ ބަސް ބުނުމަށްޓަކައި ވޯޓުލުމުގެ ހައްގު އަދާކުރުމަށް ފައިސަލް ނަސީމް ވަނީ ގޮވާލާފައެވެ.

1 ކޮމެންޓް
އަހުމަދު
އޭޕްރީލް 10, 2021
ތި ދައްކާ ވާހަކައަކީ މި ޖެހޭ ވަޔަކީ އެއްވަރު އަހަރެމެނަށް. އަދި ތީ ކީއްކުރަން ދައްކާ ވާހަކައެއްކަން ވެސް އެނގޭ.