English Edition
Dhivehi Edition

ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދުގެ އަނބިކަނބަލުން އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދުގެ ކޮއްކޯފުޅު ނަޒީހާ އަހުމަދު މިފްކޯގެ މާކެޓިން ކޮންސަލްޓެންޓެއްގެ ގޮތުގައި ހަމަޖެއްސައިފިއެވެ

ނަޒީހާ މިފްކޯގެ މާކެޓިން ކޮންސަލްޓެންޓެއްގެ ގޮތުގައި ހަމަޖެއްސުމުން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު މިކަމަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވާއިރު ބައެއް ފަރާތްތަކުންވަނީ 1 އަހަރު ދުވަހުގެ މުއްދަތައް، ނަޒީހާއަށް 46،260 ރުފިޔާގެ މުސާރައެއް ދިނުމަކީ ކޮރަޕްޝަންގެ އަމަލެއްގެ ގޮތުގައި ސިފަކޮށްފައެވެ.

މިފްކޯ އިން ބުނީ ނަޒީހާ އެ މަގާމަށް އައްޔަން ކޮށްފައިވަނީ، އެ ކުންފުނީގެ މަގާމުތަކަށް މީހުން އައްޔަން ކުރާ އުސޫލުގެ ތެރެއިން ކަމަށެވެ. އަދި ނަޒީހާގެ މުސާރަވެސް ކަނޑައަޅާފައިވާނީ މިފްކޯގެ އެހެން ކޮންސަލްޓެންޓުންގެ މުސާރަ ކަނޑައަޅާ އުސޫލުގެ ތެރެއިން ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ނަޒީހާވަނީ ސްވިޒަލެންޑުގައި ވޮޝިންޓަން ސްޓޭޓް ޔުނިވާސިޓީއިން ރެސްޓޯރެންޓް އެންޑް ހޮޓެލް މެނޭޖްމަންޓު ދާއިރާއިން ޑިގްރީ ހާސިލުކުރައްވައިފަ އެވެ. އަދި ލަންޑަންގެ ޔުނިވާސިޓީ އޮފް ވެސްޓްމިންސްޓާ އިން މާކެޓިން ކޮމިއުނިކޭޝަންގެ މާސްޓާސްއާއި، ކޯނެލް ޔުނިވާސިޓީއިން ސެޓިފިކެޓް އިން ޑިޖިޓަލް މާކެޓިން ހާސިލުކުރައްވާފައިވެ އެވެ.