English Edition
Dhivehi Edition

ރާއްޖޭގައި ފައިޒަރ ވެކްސިން ޖެހުމަށް ޝަރުތުހަމަވާ މީހުން ރަޖިސްޓްރީވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ހުޅުވާލައިފިއެވެ.

ފައިޒަަރ ވެކްސިންގެ ޑޯޒްތައް ދިނުމަށް ހަމަޖެހިފައިވަނީ ޚާއްޞަ ޙާލަތްތަކެއްގައިވާ ފަރާތްތަކަށް އެކަނިކަމަށާއި، މިގޮތުން މި ވެކްސިންދިނުމަށް ކަނޑައަޅާފައިވަނީ ހަށިގަނޑުގެ ދިފާޢީ ނިޒާމް ދަށްވެފައިވާ ޙާލަތްތަކުގެ މީހުންނަށްކަމަށްވެސް އެޗް.ޕީ.އޭއިން ވިދާޅުވެއެވެ.

ރާއްޖޭގައި ފައިޒަރ ވެކްސިން ޖެހުމަށް ނިންމާފައިވާ މީހުން

  • – ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައިވާ (އޯގަން ޓްރާންސް ޕްލާންޓް ހަދާފައިވާ) މީހުން
  • – ޤަވާޢިދުން ޑަޔަލިސިސް ހަދަމުންދާ މީހުން
  • – ކެންސަރު ބަލީގެ މީހުންގެ ތެރެއިން ކީމޯތެރަޕީ ނުވަތަ ރޭޑިއޯތެރަޕީގެ ފަރުވާ ހޯދަމުންދާ މީހުން
  • – އިމިއުނޯސަޕްރެންޓް ނުވަތަ ހަށިގަނޑުގެ ދިފާއީ ބާރު ދެރަކުރާފަދަ ބޭސްތައް ބޭނުންކުރާ މީހުން
  • – ދިގުމުއްދަތަށް ސްޓެރޮއިޑްގެ ބާވަތްތައް ބޭނުންކުރާ މީހުން (ދުވާލަކު 10 މިލިގްރާމް ނުވަތަ އެއަށްވުރެ މަތީ ޑޯޒެއް 1 މަހުގެ މުއްދަތަށްވުރެ އިތުރަށް)

ފައިޒަރ ވެކްސިނަކީ ޢުމުރުން 16 އަހަރުންމަތީގެ މީހުންނަށް ދެވޭ ވެކްސިނަކަށްވާތީ، އުމުރުން 16 އަހަރާއި 17 އަހަރުގެ ކުދިންގެ ތެރެއިން ބަލި ޙާލަތްތައް ހުންނަ ކުދިންނަށްވެސް އެވެކްސިން ދިނުމަށް އެޗް.ޕީ.އޭއިން ވަނީ ނިންމާފައެވެ.

އޭގެތެރޭގައި ހިމެނެނީ

  • – ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައިވާ (އޯގަން ޓްރާންސް ޕްލާންޓް ހަދާފައިވާ) ކުދިން
  • – ޑަޔަލިސިސް ގަވައިދުން ހަދަމުންދާ ކުދިން
  • – ކެންސަރު ބަލީގެ ކުދިންގެ ތެރެއިން ކީމޯތެރަޕީ ނުވަތަ ރޭޑިއޯތެރަޕީގެ ފަރުވާލިބެމުންދާ ކުދިން
  • – އިމިއުނޯސަޕްރެންޓް ނުވަތަ ހަށިގަ ނޑުގެ ދިފާއީ ބާރު ދެރަކުރާފަދަ ބޭސްތައް ބޭނުންކުރާ ކުދިން
  • – ދިގުމުއްދަތަށް ސްޓެރޮއިޑްގެ ބާވަތްތައް ބޭނުންކުރާ ކުދިން (ދުވާލަކު 10 މިލިގްރާމް ނުވަތަ އެއަށްވުރެ މަތީ ޑޯޒެއް 1 މަހުގެ މުއްދަތަށްވުރެ އިތުރަށް)
  • – ހަކުރުބަލީގެ ކުދިން
  • – ތެލަސީމިޔާ މޭޖަރ އަދި ސިކްލްސެލް އެނީމިއާ ބަލީގެ ކުދިން
  • – ޑައުންސިންޑްރޯމް ހުންނަ ކުދިން
  • – ސިސްޓިކް ފައިބްރޯސިސް، ބްރޮންކިއެކްޓޭސިސް ފަދަ ފުއްޕާމޭގެ ބަލިތައް ހުންނަ ކުދިން
  • – އުފެދުމުގައި ހުންނަ ހިތުގެ ބޮޑެތި ބަލި (ކޮންޖެނިޓަލް ހާރޓް ޑިޒީޒް) ހުންނަކުދިން (މައްސަލަ ރަނގަޅުކުރުމަށް ސަރޖަރީއެއް ހަދާފައިނުވާ)

މިހާތަނަށް 3 ވެކްސިނަކަށް ރާއްޖޭގައި ވަނީ ހުއްދަ ދީފައެވެ. އެއީ ކޮވިޝީލްޑް ވެކްސިނާއި، ސިނޮފާމް ވެކްސިނާއި، ފައިޒަރ ވެކްސިނެވެ. ރާއްޖޭގައި ކޯވިޑް-19އާއި ދެކޮޅަށް ވެކްސިން ދޭން ފަށާފައިވަނީ ފެބުރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.