English Edition
Dhivehi Edition

އައްޑޫ ސިޓީގައި، ކޮވިޑް19 އިން ދިފާއުވުމަށް ޖަހާ ވެކްސިންގެ ފުރަތަމަ ޑޯޒް ނުޖަހާ ފަރާތްތަކަށް، ވެކްސިންޖަހަން ފަށައިފިއެވެ.

އައްޑޫގައި ކޮވިޝިލްޑްގެ ފުރަތަމަ ޑޯޒް ޖަހާފައިނުވާ އުމުރުން 18 އަހަރާއި 60 އަހަރާއި ދެމެދުގެ މީހުންނަށް މިއަދުން ފެށިގެން ބުރާސްފަތި ދުވަހާއި ހަމައަށް ވެކްސިން ޖެހުމަށްވަނީ ހަމަޖެހިފައެވެ.

މި ގޮތުން ހިތަދޫގައި ވެކްސިންޖެހުން ކުރިއަށް ގެންދާނީ އައްޑޫ ހައި ސްކޫލްގައެވެ. މަރަދޫ އާއި މަރަދޫފޭދޫ މީހުންނަށް ދަމަނަވެށީގައި ވެކްސިންޖެހުމަށް ހަމަޖެހިފައިވާއިރު ހުޅުދޫމީދޫ މީހުންނަށް ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ހުޅުމީދޫ ސިއްޙީ މަރުކަޒުގައެވެ.

އައްޑޫގައި މާރޗް 11 އާއި ހަމައަށް 12،059 މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައެވެ

އައްޑޫގައިވެސް މާލެއެކޭ އެއްގޮތަށް ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ވެކްސިން ޖަހާފައިވާއިރު އެޗްޕީއޭ އިން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ރަމްޟާންމަސް ފެށުމުގެ ކުރިން ޖެހުމަށް އިލްތިމާޒްކޮށްފައެވެ. މީގެ އިތުރުން ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ދެވަނަ ޑޯޒް ޖެހުމުގެ މަސައްކަތް އިއްޔެ ފަށާފައިވާއިރު މާލެ ސަރަހައްދުން 1149 މީހުން ވެކްސިން ޖަހާފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ވަނީ ބުނެފައެވެ.