English Edition
Dhivehi Edition
މެޑިކަލް އޮފިސަރ ޑރ. މުރުޝެދު ޗޯވްދްރީ ކޮވިޑް-19 އިން ދިފާޢުވާ ކޮވިޝީލްޑް ވެކްސިން ޖައްސަވަނީ ފޮޓޯ: ފުވައްމުލަކު ހޮސްޕިޓަލް

ކޯވިޑް-19އިން ދިފާޢުވުމަށް ޖަހާ ވެކްސިން، ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ދޭން ފަށައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން ބުނީ ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ދެނީ ފެބްރުއަރީ 1-4 އާއި ދެމެދު ފުރަތަމަ ޑޯޒް ޖަހާފައިވާ މީހުންނަށްކަމަށެވެ. އެޗްޕީއޭ އިން ވަނީ ވެކްސިން ޖަހަން ދާއިރު ވެކްސިން ކާޑުގެ އިތުރުން އައި.ޑީ ކާޑް، ޕާސްޕޯޓް ނުވަތަ ލައިސަންސް ކާޑް ގެންދިއުމަށް އިލްތިމާޒްކޮށްފައެވެ. ކޮވިޑްވެކްސިންގެ ދެވަނަ ޑޯޒް ދިނުން ކުރިއަށް ދާނީ ސޯޝަލް ސެންޓަރ، ނެޝަނަލް އާޓް ގެލެރީ، ހުޅުމާލެ ފްލޫ ކްލިނިކް އަދި ވިލިމާލެ ޒުވާނުންގެ މަރުކަޒުގައެވެ.

މީގެ އިތުރުން އެޗްޕީއޭއިންވަނީ ރަމްޟާންމަސް ފެށުމުގެ ކުރިން ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކުރުމަށް އިލްތިމާޒްކޮށްފައެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ އިންޑިއާއިން ހަދިޔާކުރި، ކޮވިޝީލްޑް ވެކްސިން ދޭން ފަށާފައިވާއިރު ޗައިނާގެ ސިނޯފާމް ވެކްސިން ދޭން ފަށާފައިވަނީ މަރޗް 22 ވަނަ ދުވަހުއެވެ.