English Edition
Dhivehi Edition

ރާއްޖެއިން މިއަދު 300 މީހުން ކޮވިޑަށް ޕޮޒިޓިވްވެ, ކޮވިޑް އެކްޓިވް ކޭސްތަކުގެ އަދަދު 3022 އަށް އަރައިފިއެވެ.

ރާއްޖެއިން މިއަދު ރެކޯޑް އަދަދަކަށް މީހުން ކޮވިޑް 19 އަށް ޕޮޒިޓިވްވި އިރު އޭގެ ތެރެއިން ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ އަތޮޅު ތެރެއިންނެވެ. ރާއްޖޭގެ އަތޮޅުތަކުގައި ކޮވިޑްގެ ހާލަތު ގޯސްވެފައިވާއިރު މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މާލެ އިން 94 މީހަކުވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

މީގެއިތުރުން އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 96 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު އިންޑަސްޓްރިއަލް މަސައްކަތް ކުރާ ރަށްތަކުން 95 މީހުންނާއި ރިސޯޓްތަކުން 15 މީހުން ވަނީ ކޮވިޑް19 އަށް ޕޮޒިޓިވްވެފައެވެ.

ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 127 މީހަކު ބަލިން ރަނގަޅުވެފައިވާއިރު 101 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.