English Edition
Dhivehi Edition
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކޮވިޑް-19 ވެކްސިން ޖައްސަވަނީ -- ފޮޓޯ/ ރައީސް އޮފީސް

އަންނަ ހޮނިހިރު ދުވަހުން ފެށިގެން ކޮވިޑް-19 ގެ ދެ ވަނަ ޑޯޒް ޖަހަން ފަށަން ނިންމައިފި އެވެ.

ކޮވިޑް-19 އިން ރައްކާތެރިވާން ކުރިއަށް ގެންދާ ވެކްސިން ޕްރޮގްރާމުގައި ދެވަނަ ޑޯޒް އަންނަ ހޮނިހިރު ދުވަހު ޖަހަން ފަށާކަމަށް އެޗްޕީއޭ އިންވެސް ބުނެފައިވާއިރު، އެޗްޕީއޭއިން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ރަމްޟާން މަހުގެ ކުރިން ފުރިހަމަކުރުމަށް އިލްތިމާޒްކޮށްފައެވެ.

މިދިޔަ ފެބްރުއަރީމަހު، ރާއްޖޭގައި ކޮވިޑް 19 އިން ރައްކާތެރިވުމަށް އޮކްސްފޯޑް އެސްޓްރަޒެނަކާގެ ކޮވިޝީލްޑް ވެކްސިން ޖަހަން ފަށާފައިވާއިރު މިހާތަނަށް ދެ ލައްކަ އަށް ވުރެ ގިނަ މީހުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ވަނީ ދީފައެވެ.

ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހައި ދޭނީ ފުރަތަމަ ޑޯޒް ޖަހާތާ އަށް ހަފްތާ ފަހުންނެވެ.