English Edition
Dhivehi Edition

މިއަދާއި މިރޭ ވެސް ދެކުނާއި މެދުރާއްޖެތެރޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނެފި އެވެ.

ބ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދުގެ ސަރަހައްދުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް މެޓް އޮފީހުން ބުނީ މިއަދާއި މިރޭވެސް ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. އަދި މެދު ރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 17 މޭލާ 27 މޭލާ ދެމެދުގެ ބާރުމިނުގައި، އުތުރުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ލަފާކޮށް މެޓުން ބުނީ ދެކުނާއި މެދު ރާއްޖެތެރޭގެ ކަނޑުތައްވެސް އާންމު ގޮތެއްގައި ގަދަވާނެ ކަމަށެވެ. މީގެ އިތުރުން މެޓުން ވަނީ އުތުރުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެން ވާކަމެއް ކަމަށް ބުނެފައެވެ. މެޓުން ވަނީ މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކުގެ ރާޅުގެ އުސްމިން 6 – 8 ފޫޓާއި ދެމެދު ހުންނާނެކަމަށާއި އުތުރުގެ އަތޮޅުތަކަށް 3- 6 ފޫޓާއި ދެމެދު ހުންނާނެކަމަށް ލަފާކޮށްފައެވެ.

ކޮޅިގަނޑު ރާއްޖެއާއި ދުރަށް، ހުޅަނގުއުތުރަށް ޖެހެމުންދާއިރު މާދަމާ އިން ފެށިގެން ރާއްޖެ ސަރަހައްދަށް ވާރޭވެހުން މަދުވެފައި ވައިޖެހޭ ބާރުމިންވެސް ދަށްވާން ފަށާނެކަމަށް މެޓުންވަނީ ލަފާކޮށްފައެވެ.