English Edition
Dhivehi Edition
އައްޑޫ ސިޓީ އަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ގެއްލުން ލިބުނު ގޭގެއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކައުންސިލް އިދާރާ އާއި އަވަށު އޮފީހުން ފަށައިފިއެވެ.
ވިއްސާރައިގައި، ހިތަދޫގެ 14 ގެއަކަށާއި މަރަދޫގެ 20 ގެއަކަށް އަދި މަރަދޫފޭދޫގެ 50 ގެއަކަށް ފެންވަދެ ގެއްލުން ވެފައިވާއިރު މަރަދޫފޭދޫގެ 4 ގެއެއްގެ ފުރާޅު އަދި ސީލިން ވަނީ ހަލާކުވެ 2 ގެއެއްގެ ތާނގީފަޅައިގެން ގޮސް 3 ގެއެއްގެ ފާރު ވެއްޓިފައެވެ. މީގެ އިތުރުން ފޭދޫގެ 12 ގެއަކަށް ފެންވަދެފައިވާއިރު މީދޫ 8 ގެއަކަށް ވަނީ ފެން ވަދެ ގެއްލުން ވެފައެވެ. މީގެ އިތުރުން ވެސް ރަށުގެ އެކި ސަރަހައްދުތަކުގައި ބަހައްޓާފައިވާ ގާޑިއާފަދަ ތަކެއްޗަށް ވެސް ވަނީ ބޮޑެތި ގެއްލުން ލިބިފައެވެ.
އައްޑޫސިޓީ ކައުންސިލުުން ބުނީ މި ދަނޑިވަޅުގައި ވިއްސާރައިގައި ގެއްލުން ލިބޭ ގެތަކުގެ މަޢުލޫމާތު އެ އަވަށެއްގެ އެސް.އެސް.ޑީ އަކަށް ނުވަތަ މި އިދާރާގެ ހޮޓްލައިން ނަންބަރަށް ގުޅުއްވައި ޙިއްސާކޮށްދެއްވުން އެދޭ ކަމަށެވެ.