English Edition
Dhivehi Edition

3 މީހުންނާއެކު ދަތުރު ކުރި ތެޔޮ އުފުލާ ބޯޓެއް ދިޔަވާތީ ބޯޓު ސަލާމަތް ކުރުމުގެ މަސައްކަތް އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓް ގާޑް އިން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ ކަނޑުގަދަ ވުމާއި ގުޅިގެން ބޯޓަށް ދިމާވި ހާދިސާގައި މި ބޯޓު ގައި ތިބި މީހުން ވަނީ ސަފާރީ އަކަށް ނަގާފައި ކަމަށެވެ. މި ހާދިސާ ހިނގާފައިވަނީ ހުޅުމާލެ ފޭސް 2 އާއި ދިމާލުން ކަނޑުގެ ސަރަހައްދުގައެވެ.

މޫސުން ގޯސްވެ ކަނޑު މަތީގެ ހާދިސާތައް ހިނގާ ކަމުގެ ރިޕޯޓް އެމްއެންޑީއެފްގެ ކޯސްޓްގާޑަށް އަންނަނީ ލިބެމުން ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.

މި ދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް، ކަނޑުގަދަ ދުވަސް ވަރެއްކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށް ފައިވާތީ، ޚާއްޞަކޮށް ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގައި ކަނޑުތައްގަދަވެ، ބާރަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި ވިލާގަނޑުގައި 30 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރާތީވެ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.