English Edition
Dhivehi Edition

ި ސަރުކާރުން ރާއްޖެއަށް ގެންނަ ތަރައްގީގެ މަޝްރޫއުތައް ހުއްޓުވާލުމަށް މަސައްކަތް ކުރުމަކީ، އިދިކޮޅު ސިޔާސީ ލީޑަރުން ކުރައްވާ ސިޔާސީ މަސައްކަތެއްގެ ގޮތުގައި ބަލައިނުގަނެވޭނެކަމަށް އެންވަޔަރްމެންޓް މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓަރ އަދުނާން ހަލީމް ވިދާޅުވެއްޖެއެވެ. މީގެ އިތުރުން އަދުނާން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތަކީ ރައްޔިތުންނަށް ޖެއްސުންކުރުމަށް ކުރަމުންދާ މަސައްކަތެއްކަމުގައެވެ.

“ސިޔާސީ ވާދަވެރިކަމެއްގެ ތެރެއިން ވަކި ޕާޓީއަކަށް ވެރިކަމަށް އާދެވުމަކީ، އެޕާޓީއަކަށް ސިޔާސީ މައިދާނުގައި ލިބޭ ކާމިޔާބީއެއް. އެކާމިޔާބީއަށް ފަހުގައި ދެން ކުރާ މަސައްކަތަކީ ޤައުމަށް ޚިދުމަތް ކުރުން ކުރުން. އެހެން ނަމަވެސް ގައުމުގެ އަމާންކަން ނަގާލާ، ވެރިކަމުގައި ހުންނެވި ފަރާތަށް ސަރުކާރު ހިންގަން ދަތި ކުރުމަކީ ސިޔާސީ ގޮތުން ކުރާ މަސައްކަތެއް ކަމުގައި ބަލައިގަނެވޭކަށް ނެތް. ” އަދުނާން ވިދާޅުވިއެވެ.

މީގެ އިތުރުން އަދުނާން ވިދާޅުވީ ރާއްޖޭގެ އުތުރާއި ދެކުނުގައި އެތައް ބިލިޔަން ރުފިޔާގެ ގިނަ މަޝްރޫއުތަކެއް ކުރިއަށްދާ ކަމަށާއި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ދައުރުގައި ރާއްޖެ ދުވަހަކުވެސް ނުދެކޭހާ ހަލުވި މިނުގައި ތަރައްގީގެ މަޝްރޫއުތައް ހިންގަމުން އަންނަ ކަމަށެވެ.