English Edition
Dhivehi Edition

ގދ. ތިނަދޫ އިން 06 މީހަކު ކޮވިޑް-19 އަށް ފައްސިވެ އެ ރަށަށް އަރާ ފޭބުން މަނާކޮށްފިއެވެ.

ގދ. ތިނަދޫގައި ކޮވިޑް 19 އާއި ގުޅިގެން ސިއްހީގޮތުން އިތުރަށް ބަލަން ޖެހޭ ކަންތައް ބެލުމަށް 27 މާރިޗް 18:55 ގައި މޮނޮޓަރިންގ އަށް ލައިފިއެވެ.

ގދ. ތިނަދޫ މޮނިޓަރިންގ ހާލަތަކަށް ގެނެސްފައި މިވަނީ 26 މާރިޗް ގައި 10 ދުވަހުގެ ހޯމް ކަރަންޓީން ނިމުމާއި ގުޅިގެން ނެގުނު 03 ސާމްޕަލަކާއި ބަލީގެ އަލާމާތްކެއް ހުރެގެން ފްލޫ ކްލިނިކަށް ދެއްކި 03 ބަލިމީހެއްގެ ސާމްޕަލް ފައްސިވުމާއި ގުޅިގެން ކަމަށް ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން މައުލޫމާތުދެއެވެ.

ފައްސިވެފައިވާ 06 ފަރާތުގެ ތެރޭގައި ތިނަދޫ އަބޫބަކުރު ސްކޫލުގެ ދަރިވަރެއްވެސް ހިމެނޭކަމަށް އޭ.އޯ ނިއުސްއަށް މައުލުމާތުލިބެއެވެ.

އެހެންކަމުން ފައްސިވި ފަރާތްތަކާއި ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ ފަރާތްތައް ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށް ގެންދާ ކަމަށާއި އެންމެހާ ބޭފުޅުން ފަރުދީ ޒިންމާ އަދާކޮށް އެޗް.ޕީ.އޭ ގެ ގަވާއިދުތަކާއި އެއްގޮތަށް އަމަލުކުރުމަށް އެ ހޮސްޕިޓަލުން ވަނީ އެދިފައެވެ.