English Edition
Dhivehi Edition

އިންގިރޭސި ވިލާތު ބްރައިޓަންގައި ދިރިއުޅެމުން ދިޔަ ކުޑީ ނަމަކަށް ކިޔާ އަންހެނެއްގެ 20 މަހުގެ ތުއްތުކުއްޖަކު ގޭގައި އެކަނި އޮންނަތާ 6 ދުވަސްފަހުން މަރުވެއްޖެއެވެ.

މިހާދިސާ ހިނގާފައިނަީ 2019 ވަނަ އަހަރު ޑިސެމްބަރ މަހުގައެވެ.

ފުލުހުން ބުނީ، ކުޑީ އޭނަގެ 18ވަނަ އުފަންދުވަސް ފާހަގަކުރުމަށް ލަންޑަންގެ އެހެން ހިސާބަކަށް ރަހުމަތްތެރިންނާއެކު ދިޔައީ ދަރިފުޅު އެކަނި ގޭގައި ބާއްވާފައި ގޭގައި ތަޅުލުމަށްފަހުއެވެ. މިހާދިސާގެ ޝަރީއަތް މިމަހު ފަށާފައިވާ އިރު ދަރިފުޅު އެކަނި ގެއަށް އެއްލާލުމަށްފަހު ޕާޓީކުރަން 6ދުވަސް ވަންދެން ބޭރުގައި އުޅުނުކަމަށް އޭނާވަނީ އެއްބަސްވެފައެވެ. ކުއްޖާގެ ބައްޕައަކީ ކާކުކަން މިހާތަނަށް އެނގިފައި ނުވާކަމަށް ފުލުހުން ބުނެއެވެ.

“ސީސީޓީވީ ކެމެރާއިން ފެނޭ ކުޑީ 2019 ޑިސެމްބަރ މަހު ހަވީރު 17:39 އެއްވީ އިރު ގެއިން ނިކުމެގެން ދިޔަތަން. އޭގެފަހުން އަނބުރާ ގެއަށް އައިތަން ކެމެރާއަށް އަރާފައިވަނީ ޑިސެމްބަރ 11ވަނަ ދުވަހު. އެކުއްޖާ އަކީ އެކަނި އެއްވެސް ކަމެއް ނުކުރެވޭވަރު ކުއްޖެއް. އެކުއްޖާ އެކަނި ގޭގައި އޮތް 6ދުވަހު ފެންނުބޮއެ، ނުކައި އޮވެ ހާލުދެރަވެގެން މަރުވީ” ކޯޓުން ކުޑީއަށް ތަފްސީލު ކިޔައިދިނެވެ. ކޯޓުން ބަޔާން އިއްވުމާއެކު ރޮމުން ކުޑީ ވަނީ ޑިސްމބަރ މަހު 4 ވަނަދުވަހުން 11 ވަނަ ދުވަހާ ދެމެދު ކުއްޖާ އަށް އަޅާނުލައި މަރުވާން އެކަނި ދޫކޮށްލިކަމަށް އެއްބަސްވެފައެވެ.

ކުޑީގެ ދަރިފުޅު އާސިއާ ހަރަކާތެއްނެތި ހުއްޓިފައިވާ ކަމަށްބުނެ އޭނާވަނީ 2019 ޑިސްމބަރ 11ވަނަ ދުވަހު ހޮސްޕިޓަލް އެމަޖެންސީ އަށް އަންގާފައެވެ. ހޮސްޕިޓަލުން ކުއްޖާ އެމްބިއުލާންސްގައި ގެންގޮސް ފަރުވާދޭން ބެލި އިރުވެސް މަރުވެފައިވާ ކަމަށް މެޑިކަލްޓީމުން ބުނެއެވެ. އާސިއާގެ ޕޯސްޓްމޯޓަމް ރިޕޯޓުން ދައްކާގޮތުގައި އެކުއްޖާ މަރުވެފައިވަނީ ބަނޑުހައި ހޫނުކަންމަތީ އޮވެ ގައިން ފެންވެސް މަދުވެގެންނެވެ.

މި މައްސަލައިގައި ކުޑީ އަށް ހުކުމް އިއްވުން އޮންނާނީ އަންމަ މާރިޗް މަހު 28ވަނަ ދުވަހު އެވެ.

2 ކޮމެންޓް
ޝިޢުބުަަަަ
މާޗް 27, 2021
ޜާއްޖޭގައި ނަމަ ވޯޓެއްގެ އެދުމުގައި ސިޔާސީ މީހުން އަޑީތިބެގެން ޅޮޔަރުން މަތީ ތިބެގެން މައްސަލަ ނިމޭއިރު ކުއްވެރވާނީ ކުއްޖާ
ޝިޢުބު
މާޗް 27, 2021
ޜާއްޖޭގައި ނަމަ ވޯޓެއްގެ އެދުމުގައި ސިޔާސީ މީހުން އަޑީތިބެގެން ޅޮޔަރުން މަތީ ތިބެގެން މައްސަލަ ނިމޭއިރު ކުއްވެރވާނީ ކުއްޖާ