English Edition
Dhivehi Edition

އުރީދޫ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑްގެ ޙިދުމަތް، 100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑް ތަކާއި އެކު ގއ.މާމެންދޫއަށް ތަޢާރަފް ކޮށްފިއެވެ.

ހަލުވި ސްޕީޑްތަކާއި، ބޮޑެތި އެލަވަންސްތައް ލިބޭ ޕެކޭޖްގެ އިތުރުން ސްޕަރނެޓް ޚިދުމަތް މާމެންދޫއިން ހޯދާ ފުރަތަމަ 20 ފަރާތަކަށް މައިކްރޮސޮފްޓް 360 ލައިސެންސްވެސް ލިބޭނެއެވެ.

އުރީދޫ އެކްޓިން ޗީފް ކޮމަރޝަލް އޮފިސަރ ހުސައިން ނިޔާޒް ވިދާޅުވީ، އަބަދުވެސް މަސައްކަތްކުރަނީ ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ދިރިއުޅޭ އެންމެހާ ރައްޔިތުންނަށް ފެންވަރު ރަނގަޅު އިންޓަރނެޓް ޚިދުމަތް ފޯރުކޮށްދިނުމަކީ މުހިންމު ކަމެއް ކަމުގައި ދެކިގެން ކަމަށެވެ.

“މިއަދު އުރީދޫ ހޯމް ބްރޯޑްބޭންޑް ސްޕަރނެޓް ޚިދުމަތް މާމެންދޫ ރައްޔިތުންނަށް ފޯރުކޮށްދީ އިތުރު ފުރިހަމަ ކަމާއެކު އިންޓަރނެޓް ބޭނުން ކުރުމުގެ ފުރުސަތު ހުޅުވާލުމަކީ، އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް އަދި ކުރިއަށް އޮތް ތަނުގައިވެސް ދިވެހި ރައްޔިތުންގެ ދިރިއުޅުން އިތުރު ފާގަތިކޮށް ކުރިއެރުން ހޯދައި ދިނުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތްތައް ރާއްޖޭގެ ހުރިހާ ކަންކޮޅު ތަކެއްގައިވެސް ކުރަމުންދާނެކަމުގެ ޔަގީންކަން އަރުވަން” ނިޔާޒް ވިދާޅުވިއެވެ.

އުރީދޫއިން ވަނީ ދާދި ފަހުން އުރީދޫ ސްޕަރނެޓް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑް ކޮށްފައެވެ. މި ބަދަލުގެ ދަށުން ސްޕަރނެޓް ކަސްޓަމަރުންނަށް 5 ގުނަ އިތުރު ސްޕީޑާއެކު 68 އިންސައްތަ އާއި ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށްވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑް ވެސް ކަސްޓަމަރުންނަށް ލިބެއެވެ.

މި ޚިދުމަތް ހޯއްދެވުމަށް ނުވަތަ ސުޕަރނެޓް ޕެކޭޖް ތަކާއި ބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް http://ore.do/getsuperne އަށް ޒިޔާރަތް ކުރައްވާ!

ޓެގު